ސައޫދީގައި އަންހެނުން ފުރަތަމަ ފަހަރަށް ސްޓޭޑިއަމަކަށްވަދެ ފުޓްބޯޅަ ބަލަނީ - އެޤައުމުގައިވެސް ފުޓްބޯޅައަށް ތާއީދުކުރާ އަންހެނުން މަދެއްނޫން.

ސައޫދީގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ފުޓްބޯޅަސްޓޭޑިއަމަށް ވަނުމަށް ފުރުޞަތު ދީފި.

ސައޫދީގައި އަންހެނުން ބާރުވެރިކުރުވުމުގެ ނަމުގައި ދެމުން ގެންދާ އިތުރު ފުރުޞަތުތަކުގެ ތެރެއިން ފިރިހެނުންނާއެކު ފުޓްބޯޅަ ކުޅޭ ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ފުރަތަމަ ފަހަރަށް އެޤައުމުގައި ދީފިއެވެ.

ވެރިރަށް ރިޔާޒު ގައި ފުރަތަމަ ފަހަރަށް އަންހެނުން ފުޓްބޯޅަ ސްޓޭޑިއަމަކަށް މިދިޔަ ހުކުރުދުވަހު ވަދެފައިވާއިރު އެމެޗްގައި ބައްދަލުކޮށްފައިވަނީ އަލް އަހްލީ އާއި އަލް ބާތިން އެވެ. މިއީ އެޤައުމުގެ ޕްރޮފެޝަނަލް ލީގްގެ މެޗެކެވެ.

އަންހެނުން ދަޑަށް ވަނުމުގެ މަގު ބަންދުކޮށްފައި އޮތް އޮތުން މިދިޔަ އަހަރު ސައުދީގެ ސަރުކާރުން ހުއްޓާލައިފައި ވީނަމަވެސް އެޤައުމުގައި ފުރަތަމަ ފަހަރަށް މެޗަކަށް އަންހެނުން ވަދެފައިވަނީ އިއްޔެއެވެ. މި މެޗަށް ދަނޑަށް ވަނުމަށް ސައޫދީގެ ވެރިރަށް ރިޔާޒަށް ފުޓްބޯޅައަށް ތާއީދުކުރާ ގިނައަންހެނުން އައިސް ޖަމާވެ އެމެޗަށްވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ދިދަ އާއި ސަޕޯޓަރުން ބޭނުންކުރާ ޒާތުގެ ތަފާތު އާލާތްތައް ސައޫދީ އަންހެނުންވެސް ވަނީ ހޯދާ މެޗަށް ތައްޔާރުވެފައެވެ.

މިއީ މިކަމުގެ ފެށުމެކެވެ. އަދި މީގެ ދެވަނަ މެޗަށް މިއަދު ( ހޮނިހިރުދުވަހު ) އެޤައުމުގެ ޕްރޮފެޝަނަލް ލީގްގެ މެޗެއް ބެލުމަށާއި، މިމަހުގެ 18 ގައި އޮންނަ މެޗަކަށްވެސް އަންހެނުން ވަންނާނެކަމަށް އެޤައުމުގެ ފުޓްބޯޅަ އިދާރާއިން މައުލޫމާތު ދޭކަމަށް އަރަބިނިއުސް ބުނެއެވެ.

ސައޫދީގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން ދާދިފަހުން ވަނީ ސިނަމާތަކަށް ދެޖިންސް އެއްކޮށް ވަނުމާއި، އަންހެނުން ކާރުދުއްވުންވެސް އެޤައުމުގައި ހުއްދަކޮށްފައެވެ. ބައެއް ފަރާތްތަކުން މިފަދަކަންކަމަށް ފާޑުކީނަމަވެސް ސައުދީ ރަސްގެފާނު ކިންގ ސަލްމާން ގެންދަވަނީ އެކަންކަމަށް ނުބައްލަވައި ޤައުމުގައި ހުރި ގިނަދުވަސްވީ މިފަދަ އާދަކާދަތަކާއި، ސަޤާފަތްތައް ނައްތާލައްވަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސައޫދީގައި އަންހެނުންނަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް ކާރު ޝޯވ ރޫމެއް ހުޅުވައިފި.

ސައޫދީގައި އަންހެނުންނަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް ކާރު ޝޯވ ރޫމެއް ހުޅުވައިފިއެވެ. ކާރުދުއްވުމުގެ ހުއްދަ މީގެ ފަސްމަސް ކުރިން  ސައޫދީގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz