ނ. މަގޫދޫ ކަނޑުރޯދި ދޯނިން ހޮވި މާވަހަރު - ފޮޓޯ: ޕީއެސްއެމް ނިއުސް

މަގޫދޫ ދޯންޏަކުން 15 ކިލޯގެ މާވަހަރެއް ހޮވައިފި.

ނ. މަގޫދޫ ކަނޑުރޯދި ދޯނި މާވަހަރެއް ހޮވައިފިއެވެ. އެދޯންޏަށް މި މާވަހަރު ފެނުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަހަށް ނުކުމެ އުޅެނިކޮށް ހއ. ތުރާކުނާއި ދިމާއިން ބޭރުގައި ހުރި އަސްދަޑިއަކުން ކަމަށް ދޯނީގެ ފަޅުވެރިން ބުނެއެވެ. އަދި އެއީ ގާތްގަޑަކަށް ތުރާކުނުން ފެށިގެން 66 މޭލު ބޭރުން ދުއްވާފައި ދަނިކޮށްކަމަށްވެސް ދޯނީގެ ފަޅުވެރިން ބުނެއެވެ.

މާވަހަރުގެ ސީދާ ބަރުދަން ނޭންގުނު ކަމުގައިވިޔަސް ގާތްގަޑަކަށް 10 އެއް ނުވަތަ 15 ކިލޯ ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް އެދޯނިން މަހަށްދިޔަ ފަޅުވެރިން ބުނެއެވެ.

ބޮޑަށް ބެލެވެނީ މިއީ ހުދަންބަރު މާވަހަރެއް ކަމަށާއި، މާވަހަރާ ބެހޭ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ވާކަމަށްވެސް އެދޯނީގެ ފަޅުވެރިން ބުނެއެވެ.

މި މާވަހަރުގެ އަގު 10 ނުވަތަ 12 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭއިރު އޭތި ވިއްކާލުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކަމާބެހޭ ފަރާތްތަކާގުޅިގެން ދަނީ ކުރަމުންނެވެ.

އެންމެ ފަހުން ނ.އަތޮޅު ދޯންޏަކަށް މާވަހަރެއް ފެނިފައިވަނީ މީގެ 6 އަހަރުކުރިންނެވެ. އެއީ ނ.މާޅެންދޫ ރެސްޓީން ހައުސް މޫސާ ޔޫސުފްގެ ދޯންޏެވެ. އެދޯނި 12 ކިލޯގެ މާވަހަރެއް ހޮވައިފައިވަނީ ނ.ކެނދިކުޅުދޫ އާއި، ނ.ތޮޅެންދޫ އާއި ދެމެދު އޮންނަ ކަނޑުއޮޅިންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz