ކާރު އެކްސިޑެންޓް…….!

އަހަންމާކަލޯގެ ޖޯކްފީތާއިން ތަންކޮޅެއް….!

ކާރުބާރޫ ބޮޑު ދުއްވާއެއްޗިހި ގިނަ ހިސާބެއްގައި ކާރެއް އެކްސިޑެންޓްވެގެން އުޅެނީއެވެ. މީހުންގަނޑު ފުރިބާރުވެގެން މަގުގެ އެއްކޮޅަކުންވެސް ދުއްވާ އެއްޗަކަށްވެސް ދެވޭވަރެއްނޫނެވެ. ޓްރެފިކް ތޮއްޖެހި ހިނގާމީހނުންނަށްވެސް ކޮޅަކުން ކޮޅަކަށް ގުޑާލެވޭ ވަރެއްނޫނެވެ.

މިޚަބަރު ލިބިގެން ނޫސްވެރިއަކު އެތަނަށް އައެވެ. ނޫސްވެރިޔާއަށްވެސް އެއްގޮތަކަށްވެސް ކައިރިވެވޭވަރެއްނުވިއެވެ. މީހުންގަނޑު ފޭކޮށްފާ އެތެރަށް ވަދެވޭތޯ ކުރިމަސައްކަތްވެސް ވީ ނާކާމިޔާބެވެ. ދެން ކުޑައިރު ކޮޅަކު ވިސްނާލަން ހުރެފާ ނޫސްވެރިޔާ ރޮއި ހޭރިގަންފިއެވެ. ވަރަށްބާރަށް ގޮވަން ފަށައިއެވެ. ” މަށަށް ތަން ދައްކާ، އެކްސިޑެންޓްގައި އަނިޔާވެގެން އެއުޅެނީ މަގޭ ބައްޕަ، އަހަންނަކީ އޭނަގެހުރި ހަމައެކަނި ފިރިހެން ދަރިފުޅު، މަގޭ ބޭނުން މަގޭ ބައްޕަގެ ފުރާނަ ސަލާމަތްކުރަން. އަވަހަށް ތަންކޮޅެއް ދައްކާ.” މިހެންގޮވަން ފެށުމުން އެއްވެފައި ތިބިމީހުން މިނޫސްވެރިޔާއަށް ތަންދައްކާ ވަރަށް އަވަހަށް އޭނާ އެތަނަށް ވައްދައިފިއެވެ.

އަސްލު ނޫސްވެރިޔާ ހެދީ މަކަރެކެވެ. ނޫސްވެރިންނަކީ ކޮންމެ ގޮތަކުން ނަމަވެސް ކަމުގެ ހަޤީޤަތް ހޯދާ އެހެންމީހުންނަށް އެ ޙަޤީޤަތް ހާމަކޮށްދެން ފެންބޮވައިގެންފާ ތިބޭބަޔެކެވެ. އެހެންވެގެން އޭނާ ދޮގުހަދާފަ އެތަނަށް ވަދެގަތީއެވެ.

ނޫސްވެރިޔާ އެތަނަށް ވަންއިރު ކަމަކުދާކަށް ނެތެވެ. ކާރުން ޖެހިގެން އަނިޔާވެގެން މިއުޅެނީ ޅަވަރެއްގެ ހިމާރަކަށެވެ.

އެއްވެފައި ތިބިމީހުން ވެސް ހީހީ ހަމަ ހަލާކު…….

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަހަންމާކަލޯގެ ޖޯކްފީތާއިން ތަންކޮޅެއް

އަލީ އާއި އަލީގެ ބޮސް އަލީ އަބަދުވެސް އަލީގެ ބޮޑު މީހާއަށް ވަރަށްބޮޑަށް އިޙްތިރާމް ކޮށް އަދަބު އަދާކުރެއެވެ. ބޮޑު …

ޚިޔާލެއްދެއްވާ

avatar
wpDiscuz