ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އުފައްދަވައި، މިނިސްޓަރ ކަމުގެ މަގާމަށް ޑޮކްޓަރ މަރިޔަމް ޝަކީލާ މިއަދު ޢައްޔަން ކުރައްވައިފި .

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އުފައްދަވައި، މިނިސްޓަރ ކަމުގެ މަގާމަށް ޑޮކްޓަރ މަރިޔަމް ޝަކީލާ މިއަދު ޢައްޔަން ކުރައްވައިފި .

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް، މާފަންނު ދިމްޔާތު ޑޮކްޓަރ މުޙަންމަދު މުޢިއްޒު، އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ކަމުގެ މަގާމަށް ގަލޮޅު މަނާމް ޑޮކްޓަރ މަރިޔަމް ޝަކީލާ ޢައްޔަން ކުރައްވައިފިއެވެ. މިދެބޭފުޅުންނަށްވެސް މަޤާމުގެ ފަތްކޮޅު މިއަދު ވަނީ ދެއްވާފައެވެ. ޑޮކްޓަރ މަރިޔަމް ޝަކީލާއާ، ޑރ މުޙައްމަދު މުއިއްޒްއަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއި ކުރެއްވިއެވެ. ޑޮކްޓަރ މުޙަންމަދު މުޢިއްޒު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމުގެ މަގާމުގައި ނަމަވެސް، އެމިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ބަދަލުކުރެއްވުމާ ގުޅިގެން މިއަދު އަލުން މިވަނީ މަޤާމާ ޙަވާލުވެ ވަޑައިގެންފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz