24 ފެބުރުއަރީގެ ބޮޑުމުޒާހަރާ – ސިޔާސީ 8 ޕާޓީއަކުން ބައިވެރިވާނެ.

ސިޔާސީ 8 ޕާޓީއަކުން ބައިވެރިވާގޮތުން އިސްވެއޮވެ އިސްލާމް ދީނާއި ގައުމު ސަލާމަތްކުރުން”މި ނަމުގައި 23 ޑިސެމްބަރުގެ އިއްތިހާދުން “މަހާސިންތާ” އެއް ބާއްވަން މިއަދު ނިންމައިފިއެވެ. މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބާއްވާ މި މަހާސިންތާ އޮންނާނީ މިއަންނަ ފެބްރުއަރީ މަހުގެ 24 ވަނަދުވަހުކަމަށް ޚަބަރު ލިބެއެވެ.

އިއްތިހާދުން ބުނެފައިވަނީ ފެބުރުއަރީމަހުގެ ބޮޑު މަހާސިންތާގެ ކުރިން އެކި އެކި ހަރާކާތް ތައް މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި އޭގެ ތެރޭގައި ރާއްޖެތޭރޭގެ އެކި ކަންކޮޅުތަކުގެ އާބާދީ ބޮޑެތި ރަށްތަކަށް ދަތުރުކޮށް މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން ބޮޑެތި ޖަލްސާ ތައްބޭއްވުމާއި، ރާއްޖޭގައި ތިއްބެވި ބޭރުގެ އެމްބަސީ ތަކުގެ އިސްވެރިންނަށް ކުރީގެ މުޒާހަރާގައި ސަރުކާރުން އަމަލުކުރި ގޮތުގެ ފުރިހަމަ މައުލޫމާތު ދިނުމާއި 24 ފެބުރުއަރީގެ މަހާސިންތާއާއި ގުޅޭ މައުލޫމަތުދިނުމުގެ ސްރީލަންކާ އާއި އެހެނިހެން ބައެއް ގައުމުތަކަށް ދަތުރުކޮށް މަހާސިންތާ ކުރިއަށް ދާނެ ގޮތުގެ ފުރިހަމަ މައުލޫމާތުތައް ބޭރުގެ އެމްބަސީތަކުގެ އިތުރުން ބައިނަލް އަގުވާމީ މީޑިޔާގެ ސަމާލުކަމަށް ގެނެސް ބައިނަލް އަގުވަމީ ދުނިޔެއަށް ހާމަކުރާނެ ކަމަށެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz