މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ލަންދޫސްކޫލްގައި މިއަދުބޭއްވި ޚާއްޞާ އެސެމްބްލީ

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ލަންދޫސްކޫލްގައި މިއަދުބޭއްވި ޚާއްޞާ އެސެމްބްލީގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ލަންދޫސްކޫލްގައި މިއަދުބޭއްވި ޚާއްޞާ އެސެމްބްލީގައި ލަންދޫސްކޫލްގެ ހެޑްއޮފް ސްކޫލް އަލްފާޟިލާ މަރިޔަމް ސާއިދާ ދެއްކެވި ވާހަކަފުޅު.

`

ޙަމްދާއި ޝުކުރުކުރަނީ ޢާލަމްތަކުގެވެރި  މާތްﷲ ސުބުޙާނަހޫ ވަތާޢާލާއަށް. ސަލަވާތާއި ސަލާމްލެއްވުންއެދި ދުޢާކުަނީ މިއުންމަތިގެ ސާޙިބާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް. މިސަލަވާތާއި ސަލާމްގައި އެކަލޭގެފާނުންގެ ޢާލުންނާއި މިތުރު ސަޙާބީން ސާމިލްކުރަން.

ތަޢުލީމްގެ މޭސްތިރިންކަމަށްވާ އަޅުގަނޑުގެ އެކުވެރި މުދައްރިސުން، މިސްކޫލްގެ ދިރުންކަމުގައިވާ ހީވާގި ބެލެނެރިވެރިން . މި ސުކޫލުގެ ރައުސުލުމާލުކަމުގައިވާ ލޮބުވެތި ކިޔާކުދިން، އަދި މި އެސެމްބްލީ އަށް ވަޑައިގެންތިއްބެވި އެންްމެހައިބޭފުޅުން. އައްސަލާމް އަލައިކުމް ވަރަޙުމްތުﷲ ވަބަރަކާތު.

އެންމެފުރަތަމަވެސް މިއަދު މިފާހަޤަކުރެވޭ ބައިނަލަޤުއާމީ ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ހުރިހާ ދަރިވަރުންނަށާއި ،ޓީޗަރުންނަށާއި އަދި ބެލެނިވެރިންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ރައްދުކުރަން.

ލޮބުވެތި ދަރިވަރުން، އަދި ބެލެނިވެރިން……. ކުދަކުދިންގެ ދުވަހުގެ ތައްޔާރީތައް ވަރަށް ވާދަވެރި ރޫޙެއްގައި ވަރަށް ޖޯޝާއި ފޯރީގައި ބެލެނިވެރިން ކުރަމުން ގެންދިޔަތަން ފެނުމުން ބަޔާންކުރަންދަތި ހިތްހަމަޖެހުމަކާއި އުފާވެރި ޝުޢޫރެއް އަޅުގަނޑުގެ ހިތަށް އިޙުސާސްކުރެވުނު. ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ދަރިވަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުދަންނަވަން. އަދި މިފަދަ ޙަރަކާތްތަކަށް ބެލެނިވެރިން ދޭ އަޙަމިއްޔަތު އުފަލާއިއެކު ބަލައިގަންނަން. މި އިޙުސާސް އަޅުގަނޑުގެ ހިތުގައި ހިނގާއިރު އަޅުގަނޑު ތިޔަ ލޮބުވެތި ދަރިވަރުންގެ ކިބައިންނާއި ބެލެނިވެރިންގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް. އެއީ މިފަދަ ޙަރަކާތްތަކަށް ބެލެނިވެރިންނާއި ދަރިވަރުން ރޭގަނޑާއި ދުވާލު ތިޔަހޭަކުރާ އަގުހުރި ވަގުތުތައް ކިޔެވުމުގައިވެސް ހޭދަކޮށް އެއްދަރިވަރަކު އަނެއްދަރިވަރަކަށް ވުރެ ކުރިއެރުމަށް މަސައްކަތް ކުރުމަށާއި ބެލެނިވެރިން ދަރިވަރުންގެ ހިތްތަކުގައި އެ ޖޯޝާއި ވާދަވެރިކަން އުފައްދައި ލަންދޫ ސުކޫލުގެ ދަރިވަރުންނަކީ ކިޔެވުމުމަށް ގަދައަޅައި މަސައްކަތްކޮށް އަތޮޅުފެންވަރުގަޔާއި ޤައުމީފެންވަރުގައި ވާދަކޮށްލެވޭފަދަ ޤާބިލް ބަޔަކަށް ވުމަށް މަސައްކަތްކުރުން. ހުރިހާ ބެލެނިވެރިންނަކީ ރަނަގޅުތަޢުލީމަކާއި ރަނގަޅުތަރުބިއްޔަތެއް ދަރިންނަށް ހޯދައިދިނުމަށް ރެޔާއިދުވާލު މަސައްކަތްކުރާ ބަޔަކަށް ވުން، ލަންދޫ ސުކޫލުގެ ދަރިވަރުންނަކީ ޢަޙުލާޤީގޮތުންނާއި ޢިލްމީގޮތުން މިފަސްގަނޑަށް ދިރުން ގެނުވައި އާރޯކަން ގެނެސްދޭނެފަދަ ބަޔަކަށް ވުން. މައިންބަފައިންނަށާއި ރަށަށް ރީތި ނަންހޯދަދޭ ބަޔަކަށް ވުން.

ލޮބުވެތި ދަރިވަރުން، އަދިބެލެނިވެރިން:……. ތިޔަކުދިންގެ ބޯމަތިވަނީ މިއަހަރުގެ ފުރަތަމަޓާރމް ޓެސްޓް. ދުރާލައި ޓެސްޓަށް ތައްޔާރުވުމާއި ހުރިހާ ވަގުތުތައް ކުޅިވަރާއި މަޖަލުގައި ދުއްވާލުމުގެބަދަލުގައި ގިނަވަގުތު ކިޔެވުމުގައި ހެދަކުރާނެކަމަށް މިސް އުންމީދުކުރަން. މައިންބަފައިންގެ ބަސްއަހާ އިމްތިޙާނުގައި ރަނގަޅު ނަތީޖާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރާނެކަމަށް ހީކުރަން. ހީވާގި ޓީޗަރުން، އަޅުގަނޑުގެ  މިދަޢުރުގައި އަޅުގަނޑަށް އެއްބާރުލުންދީ ލަންދޫސުކޫލުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އަޅުގަނޑާއި އެކު ގުޅިގެން މަސައްކަތްކުރާނެކަަމަށް އުންމީދުކުރަން.  އަދިދަރިވަރުންގެ ތަޢުލީމީ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް ލަންދޫ ސުކޫލަކީ ސުކޫލުގެ ބެލެނިވެރިންނާއި ރަށުގެ ވެރިން ޤަދަރުކުރާ އިތުބާރުކުރާ ތަނަކަށް ހެދުމަށް އަޅުގަނޑާއި ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ކުޑަކުދިންގެ ދުވަހުގެ އެންމެހައި އިންތިޒާމްތައް މިހާފުރިހަމައަށް ކުރުމުގައި ސްކޫލްގެ ކޯކަރިކިއުލަރ ހެޑް އަޙްމަދު ސަރ އަދި ޔުނެސްކޯ ކްލަބްގެ އިންޗާޖް ކޮށްދެއްވި ތަޢުރީފް ޙައްޤު ބުރަމަސައްކަތަށް ޝުކުރުދަންނަވަން.

މާތްﷲ އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރިންނަށް ހެޔޮވިސްނުންދެއްވާ ، ތޫނުފިލިކުރައްވާ، ދޫ ފަސޭހަކުރައްވާ ލަންދޫ ސުކޫލަށް އަދަށްވުރެފަހި މާދަމާއެއް މިންވަރު ކޮށްދެއްވާށި!  ޢާމީން!… ވައްސަލާމް އަލައިކުމް…………..!

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫ ސްކޫލްގެ މިއަހަރު 2017 ވަނައަހަރުގެ ނެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ. ކޮންމެއަހަރަކުވެސް އެސްކޫލްގައި ބާއްވާ ނެޓްބޯޅަ މުބާރާތް އިއްޔެ …

ޚިޔާލެއްދެއްވާ

avatar
މިޑެކްސް
މިޑެކްސް

ތިޔަ ހުރިހާ ކަމަކީ މަރިޔަމް ސާއިދާ ޔުނެސްކޯ ކުލަބުގެ އިންޗާޖަކަށް ހުރެގެން ކުރަން ނިންމާފައިވާ ކަންކަން. އެހެންވީމާ އޭރެކެ މިހާރެކޭ ވަކި ތަފާތެއްވޭބާ؟ ތިޔަ އެމް.ޑީ.ޕީގެ ގުންޑާއިންނަކަށް އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. އެންމެންވެސް ދައްކަނީ މޯޑުގެ ފަރުވާކުޑަ ވާހަކަ. މިހާތަނަށް ތިޔަސްކޫލުގައި ކުރިހުރިހާ ކަމެއްގައި ލީޑަރޝިޕް ނަގައިގެން ކުރަމުން އައީ މަރީމިސް

ކުރިން ސަކަރާތް އެކަމަކު މިހާރު ރަނގަޅު
ކުރިން ސަކަރާތް އެކަމަކު މިހާރު ރަނގަޅު

ސާޢިދާއަށް ވެރިކަން ނުލިބޭއިރު އަބަދުވެސް އުޅޭނީ ޓެސްޓް ދުވަސްވަރު ތިފަދަ ކަމެއް ލަންދޫ ސްކޫލްގައި ކުރިޔަށް ނުގެންގޮސް ވާނޭފަދަ ގޮތެއް ވޭތޯ. އެކަމަކު މިހާރު ރާގު ބަދަލުވެއްޖެ. އަންނަ އާދިއްތަ ދުވަހު ޓެސްޓް. އެކަމު އެހާ ޓެސްތް ކައިރިވެފައި އޮއްވައި ހުރިހާ ދަރިވަރުންނާ ބެލެނިވެރިންލައްވާ ރޭގަނޑު ނުނިދާ ހޭލާ ތިބެގެން މަޖުބޫރުން މަސައްކަތް ކުރުވީމާ ޓެސްޓްގެ ނަތީޖާ ރަނގަޅު ވާނެބާ؟ ކުރިން ސަކަރާތް އެކަމަކު މިހާރު ރަނގަޅު. ދެން ހާދަ ހެއްވައޭ ދޯ………

wpDiscuz