ޚަބަރުމުހިންމު

މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރަކަށް ދިޔާނާ

މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސް އުފައްދަވައި ފާޠިމަތު ދިޔާނާ ސަޢީދު،އެވުޒާރާއަށް މިއަދު ޢައްޔަން ކުރައްވައިފި.މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސް އުފައްދަވައި، ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމުގެ މަގާމަށް، ސ. ހުޅުދޫ ގޯރަންވިލާ ފާޠިމަތު ދިޔާނާ ސަޢީދު، ޢައްޔަން ކުރައްވައި، އެކަމަނާއަށް މަގާމުގެ ފަތްކޮޅު މިއަދު ވަނީ ދެއްވާފައެވެ.

ނަޝީދުގެ ސަރުކާރުގަ ބަންޑާރަ ނައިބު ކަމުގެ މަގާމު ފުރުއްވެވި އަދި ސާކްގެ ސެކްރެޓެރީ ޖެނެރަލްކަން ވެސް ކުރެއްވެވި ދިޔާނާއަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެކަމަނާ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި މިއަދު ވަނީ ކުރައްވާފައެވެ.އަަދި ހުވާކުރެއްވުމަށްފަހު، އެކަމަނާ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
ރައީސް އޮފީހުން ބުނީ އެ ބަދަލާ އެކު ހެލްތު މިނިސްޓްރީގެ މެންޑޭޓްގައި ކުރިން އޮތް ފެމެލީ ބައި ވަކިކޮށް، ހެލްތު މިނިސްޓަރު ކަމަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޖަމްޝީދު ހަމަޖައްސަވައި ހުވާ ކުރެއްވި ކަމަށެވެ.

މިލިޔުމާގުޅޭ:  އެލެކްޝަންސް ވަކިއަތަކަށްބުރަވުމީ ބޮޑުބިރެއް – ޝެއިޚް އިމްރާން
ފާހަގަ
އިތުރަށް ދައްކާ

ޚިޔާލެއްދެއްވާ

avatar
Close
Close