ނަޝީދު ވެރިކަން ކުރައްވަމުން ގެންދެވީ ބޭރުގެ ބައެއްގެ ނުފޫޒާއި އެކީކަމަށް ސުވާލުއުފެދޭ – ޑރ.ޑީޑީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ދީނާއި ފުށުއަރާ ގޮތައް އަމަލުކުރައްވަމުން ގެންދިޔަ ދިޔުމުން އެމަނިކްފާން ވެރިކަން ކުރައްވަމުން ގެންދެވީ ބޭރުގެ ބައެއްގެ ނުފޫޒާއި އެކީކަމަށް ސުވާލުއުފެދޭކަމަށް އެމްޑީޕީގެ އިންތިހާބީ ރާއިސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

 ރޭ މީޑިޔާގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީން ވެރިކަމުގައި ލާދީނީ ސަރުކާރެއްކަމަށް އެ ސަރުކާރު ލޭބަލް ކުރެވުނު ކަމަށާއި ނަމަވެސް އެކަންކުރިން ޑީޑީ ގަބޫލް ނުކުރައްވާކަމަށް ކަންމިހެން އޮތްނަމަވެސް ނަޝީދު އަމިއްލަފުޅަށް އެފަދަ ވާހަކަތައް ދެއްކުމުން ނަޝީދު ވެރިކަން ކުރައްވަމުން އައީ އެމްޑީޕީ މެނިފެސްޓޯގައި އޮތްގޮތައް ތޯ ނުވަތަ އަމިއްލަފުޅު ސިޔާސަތުތަކެއް ތޯ އަދި ބޭރުގެ ވަކިބައެއްގެ ނުފޫޒާއި އެކީ ކުރެވި ވެރިކަމެއްތޯ މިއަދު ހަގީގަތުގައި ވެސް ސުވާލު އުފެދޭކަމަށެވެ.

މީގެ އިތުރަސްވެސް އެމްޑީޕީގެ އިސް ލީޑަރު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އެޕާޓީގެ އިންތިހާބީ ރައީސް ޑރ. ޑީޑީ ވިދާޅުވީ ދިގު ތިރީސް އަހަރުގެ ވެރިކަމަށްފަހު ގިނަ ބަޔަކު ބަދަލަކަށް ބޭނުންވެގެން ގައުމުގެ ވެރިކަން ހަވާލުކުރެވުނު ނަޝީދަކީ އެކަމަށް ގާބިލް ބޭފުޅެއް ނޫންކަމަށެވެ. އަދި ސިޔާސީ މައިދާނުގައި ގިނަ ބަޔަކު މާޔޫސްވެފައިވަނީ ޑިމްކްރަސީގެ ނަމުގަ ޗާޓުން ބޭރުން ހުދު މުޙްތާރުވެރިކަމެއް ނަޝީދު ކުރައްވަން އުޅުއްވައިގެންކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ފިއްތުންތައް ކުރިމަތިވާނަމަ ސިޔާސީ އެހެން ދިމާއަކުން ފެނިދާނެ – ޑީޑީ

ފިއްތުންތައް ކުރިމަތިވާނަމަ ސިޔާސީ އެހެން ދިމާއަކުން ރައްޔިތުންނަށް ޚިދުމަތް ކުރަން ޖެހިދާނެކަމަށް ޑީޑީ ވިދާޅުވެއްޖެ މިހާރު ކުރައްވަމުންދާ މަސައްކަތަށް އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz