2013 ގައިވެސް ރައީސް ވަހީދު ވާދަކުރައްވާނެ.

ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތުގައި، ގައުމާއިގެން ކުރިއަށް ވަޑައިގެންނެވުމަށްޓަކާ ކުރިއަށް އޮތް ދެހާސް ތޭރައިގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވެއްޖެއެވެ.

ދިޓީވީއަށް ދެއްވި ހާއްސަ ބަސްދީ ގަތުމެއްގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. ވަހީދު ވިދާޅުވީ، ދެހާސް ތޭރައިގެ ރިޔާސީ އިންތިހާބުގައިވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި ވާދަކުރެއްވުމަކީ އެކަށީގެންވާކަމެއްކަމަށެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރަވަމުންދަނީ ގައުމުގެ ރައްޔިތުންގެ މަސްލަހަތަށް ބައްލަވައި އެންމެ ރަނގަޅު ގޮތަށްކަމަށާއި، ރައްޔިތުން ބޭނުންވާ ކޮންމެ ގޮތަކަށް ކުރިއަށް ވަޑައިގެންނެވުމަށް އެމަނިކްފާނު ތައްޔާރަށް ހުންނެވިކަމަށެވެ.

ނަޝީދުގެ ވެރިކަން ބަދަލުވީގޮތް ތަހުގީގް ކުރުމަށް އެކުލަވާލި އިންކުއަރީ ކޮމިޝަންގެ ރިޕޯޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެރިޕޯޓަކީ ވަރަށް އިންސާފްވެރި އަދި ކަމުގެ ހަގީގަތް ހާމަވެގެންދިޔަ ރިޕޯޓެއްކަމަށެވެ. ރިޕޯރޓުގެ ސަބަބުން ސަރުކާރާއި، ޚާއްޞަކޮށް އެމަނިކްފާނާއި ގުޅޭގޮތުން ބަޔަކު ދައްކަމުންދިޔަ ދޮގުވާހަކަތަކުގެ ހަގީގަށް ހާމަވެގެން ގޮސްފައިވާކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި މިފަދަ އިންސާފްވެރި ރިޕޯޓެއް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅަށް ކޮމަންވެލްތާއި އަލިފްދާލުން ވަޑައިގަތް މަންދޫބުންވެސް ޝުކުރު ދަންނަވާފައިވާކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯނީގެ ރިޕޯޓަކީ ގައުމާއިގެން ކުރިއަށް ވަޑައިގެންނެވުމަށް ލިބިވަޑައިގެންނެވި އިތުރު ހިއްވަރެއްކަމަށެވެ. އަދި މިދަޑިވަޅުގައި ފާއިތުވެދިޔަ ކަންކަން އިޔާދަކޮށް އެކަންކަމުގެ ވާހަކަދައްކައި ހަމަނުޖެހުން އުފެއްދުމަކީ ގަބޫލް ކުރައްވާނޭ ކަމެއްނޫންކަމަށާއި އެފަދަ ކަންކަން ނުކުރުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސޯސް: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz