2011 ވަނަ އަހަރަށް އަލްވަދާޢުކިޔާ 2012 ވަނަ އަހަރަށް މަރުޙަބާކިޔާ ހިނދު

2011 ވަނަ އަހަރަށް އަލްވަދާޢުކިޔާ 2012 ވަނައަހަރަށް މަރުޙަބާ ކިޔާއިރު އަޅުގަނޑުމެންނަށް މިއަހަރުވެގެންދާނީ ބޮޑަތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭ އަހަރެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ. ޙާއްޞަ ގޮތެއްގައި ޒަރޫރީ ބޭނުންތައް ފުއްދުމުގައި އިތުރު ބުރައަކާއި ތަކުލީފެއް އުފުލަން ޖެހޭނެ އަހަރެއްގެ ގޮތުގައި މިފެށުނު އަހަރު ޚިޔާލަށް ގެނެވެއެވެ.

ރައްޔިތު މީހާއަށް ޖީއެސްޓީއަކީ ކޮބައިކަން މާ ރަނގަޅަށް ނޭގެނީސް ޖީއެސްޓީގެ ގޮތުގައި ނެގޭއަދަދު މިއަދުން ފެށިގެން 6 އިންސައްތައަށް ބޮޑުވުމުން ތަކެތީގެ އަގު އެތައްތަނަކުން ބޮޑުވެގެންދާނެކަމީ އެނގިކަށަވަރު ވެގެންވާ ކަމެކެވެ.

މިއަދުން ފެށިގެން ދިވެހިރައްޔިތު މީހާއަށް ހިލޭބޭސްފަރުވާ ކުރެވޭނެ އިންތިޒާމެއް އަދުގެ ސަރުކާރުން އިންތިޒާމްކޮށް ދެއްވިކަމަށް ޓަކައި މިކަމުގައި ޝާމިލްވެލެއްވާ އެންމެހާ ފަރާތްތަކަށް ނުހަނު އިޙްލާސްތެރިކަމާއި އެކު ޝްކުރު ދަންނަވަންޖެހެއެވެ.

އެންމެހާ ދިވެހިންނަށް ހިލޭ ބޭސްފަރުވާ ކޮށްދެއްވުމުގެ ގޮތުން އަދުގެ ސަރުކާރުން ތަޢާރަފް ކުރެއްވި ” އާސަންދު ” ދިވެހިރައްޔިތު މީހާއަށް އެނގޭއެއްޗަކަށް ނުވުމުން މިކަމުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ރައްޔިތު މީހާއަށް ލިބޭނެކަމާއި މެދު ސުވާލް އުފެދެއެވެ. ހަމަ މިފަދައިން ދިވެހިރާއްޖޭގައި މިވަގުތު އެންމެ ހާލުގައި އޮތް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށް ވީހިނދު ހިލޭބޭސްފަރުވާގެ ޚިދުމަތް ލިބެން ފެށުމުން ސިއްޙީ ޚިދުމަތް ހޯދާ މީހުން އެތައްތަނަކުން އިތުރުވެގެންދާއިރު ޚިދުމަތްތަކަށް އިތުރު ކުރިއެރުމެއް ނައުމުން ދެންމިކަންތަކަށް ވާނެގޮތަކާއިމެދު ގިނަބައެއްގެ ހިތުގައިވަނީ ބޮޑު ސުވާލްމާރކެއް އުފެދިފައެވެ.

މީލާދީގޮތުން އެއްއަހަރު ފާއިތުވެ ގޮސް އައުއަހަރަކަށް މަރުޙަބާކިޔާއިރު އަޅުގަނޑުމެންނަށް ޖެހިފައިމިވަނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ދިފާޢުކުރުމަށްޓަކައި އެތައްއެތައް މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.

އަޅުގަނޑުމެންގެ އިޤްތިޞާދު މިވަނީ ހީނަރުވެ ފުނޑެންފަށާފައެވެ. ޑޮލަރުގެ ބުލެކްމާރކެޓެއް އުފެދި ޑޮލަރުގެ  އަގު މިވަނީ އަތްނުފޯރާފަށަށް އަރާފައެވެ.

އަޅުގަނޑުމެންގެ ތެރޭގައި އޮތް ރިވެތި އިޖުތިމާޢީ ގުޅުން މިއަދު މިވަނީ މިއިން ދުވަހަކު ހީނަރު ނުވާމިންވަރަށް ހީނަރުވެ މުޅި މުޖުތަމަޢު ބައިބައިވެފައެވެ. ދޭދޭ އަފުރާދުންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދި މުޅި މުޖުތަމަޢު ހަލާކުވެފައެވެ.

މިހެންކަމާއިއެކު މިފެށުނު 2012 ވަނައަހަރު އަޅުގަނޑުމެން އެންމެ ބޮޑު ސަމާލްކަމެއް ދޭންވީ އަޅުގަނޑުމެންގެ ދީނީ ވަހުދަތު ވަރުގަދަކޮށް އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުންސުރެ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އަލުން ޤާއިމްކޮށް އަޅުގަނޑުމެންގެ މުޖުތަމައުއަކީ ދިރިއުޅުމަށް ރައްކާތެރި އަމާން ވެއްޓަކަށް ހެދުމަށެވެ. ހަމަ މިއާއިއެކު އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެއްޗިއްސަކީ އަތްފޯރާފަށުގައި ހުންނަ ތަކެއްޗަށް ހެދިގެން މެނުވީ އަޅުގަނޑުމެންގެ ދިރިއުޅުން އާރާސްތު ނުކުރެވޭނެކަން ދަނެ މިކަމަށް މަގުފަހިވާނެފަދަ ގޮތްތަކަށް އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރެވޭތޯ ބެލުމަކީ ވަރަށް މުޙިއްމުކަމެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz