ޚަބަރުކުޅިވަރު

އިންޑިއާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޗެތުރީ އަށް

އިންޑިއާގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މޯހަން ބަގާންގެ ފޯވާޑް ސުނިލް ޗެތުރީ ހޮވައިފި އެވެ.

ޝޯޓް ލިސްޓް ކުރި ފަސް ކުޅުންތެރިންނަށް ވޯޓް ދިނީ އައި- ލީގުގެ ކޯޗުންނެވެ. މިއީ އޭނާ އަށް މި އެވޯޑް ލިބުނު ދެ ވަނަ ފަހަރެވެ.

އުމުރުން 27 އަހަރުގެ ފޯވާޑް ވަނީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާ އަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ އާއި ފެއާ ޕްލޭ އެވޯޑް އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ އޭނާ އަށެވެ. ޗެތުރީ ވަނީ މި އަހަރު އިންޑިއާ ގައުމީ ޓީމަށް 17 މެޗު ކުޅެދީ 13 ލަނޑު ޖަހައިފަ އެވެ. މިއީ އިންޑިއާގެ ރެކޯޑެކެވެ. ގައުމީ ޓީމަށް 2005 ވަނަ އަހަރު ކުޅެން ފެށި ޗެތުރީ 55 މެޗުގައި 33 ލަނޑު ޖަހައިދީފައިވެ އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި ވާތު ވައިގެ ކުޑަހުޅުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި މިހާރު ހުރި ފޯވާޑް ހުރީ އެވޯޑް ލިބުމުން ވަރަށް އުފާވެފަ އެވެ.

“މިއީ އިންޑިއާގެ ފުޓްބޯޅަ ކުޅުންތެރިޔަކަށް ލިބޭނެ އެންމެ ބޮޑު ޝަރަފް. މި ޝަރަފް ދެ ވަނަ ފަހަރަށް ލިބުމަކީ އަހަންނަށް ލިބުނު ބޮޑު އުފަލެއް،” ޗެތުރީ ބުންޏެވެ.

އޭނާ ބުނީ މިއީ ކްރިސްމަސް އަދި އާ އަހަރަށް ލިބުނު ރަނގަޅު ހަދިޔާއެއް ކަމަށާއި އަހަރުގެ ފެށުމާއި ނިމުން އޭނާ އަށް ވަރަށް އުފާވެރި ކަމަށެވެ. ޗެތުރީ މި އަހަރު ފެށީ އޭޝިއަން ކަޕުގައި އިންޑިއާ އަށް ޖަހައިދިން ދެ ލަނޑާ އެކު އެވެ.

އިންޑިއާގެ ދެ ވަނަ ބައިޗުން ބުޓިއާގެ ގޮތުގައި ފާހަގަކުރެވޭ ޗެތުރީ މިދިޔަ އަހަރު ވަނީ އެމެރިކާގެ މޭޖާ ލީގު ސޮކާ ކްލަބެއް ކަމަށްވާ ކެންސަސް ސިޓީ ވިޒާޑްސް އަށް ބަދަލުވެ އެ ކްލަބާ އެކު ތަމްރީނުތަކެއް ހަދައިފަ އެވެ. އޭނާ އާއި އިންޑިއާގެ ޖޭޖޭ އެންމެ ފަހުން ބައިވެރިވި ސްކޮޓްލެންޑުގެ ގްލާސްގޯ ރޭންޖާސްގެ ޓްރަޔަލް އިން ފާހެއް ނުވި އެވެ

އިތުރަށް ދައްކާ

މިލިޔުމާ ގުޅޭ ލިޔުންތައް

ޚިޔާލެއްދެއްވާ

avatar

މިވެސް ކިޔާލާ

Close
Close
Close