ޤައުމީ އިދާރާތައް އުވައިލުން

މެދު ދެކުނު ސަރަހައްދުގެ ޤައުމީ އިދާރާ / ފޮޓޯ: ލާމްއެޓޯލް.ކޮމް

    ދިވެހިރާއްޖޭގެ ޖުމުހުރިއްޔާގެ ޤާނޫނު އަސާސީގެ ހަތަރުވަނަ ބާބުގެ ރައީސުލް ޖުމުހޫރިއްޔާ ވެރިކަން ހިންގުމުގެ ބާރުގެ 116 ވަނަ ނަމްބަރުގެ (ހ) ގައި ބުނަނީ ” ސަރުކާރުން އުފައްދަން ބޭނުންވާ އެންމެހާ ވުޒާރާތަކާއި ، އެވުޒާރާ ތަކުގެ ދާއިރާތަށް ކަނޑައެޅުމުގެ އިޙުތިޔާރު ލިބިގެންވަނީ ސީދާ ރައީސުލް ޖުމުހޫރިއްޔާއަށް ކަމުގައެވެ.” މިހެންނެވެ. އަދި މީގެ އިތުރުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުސޫލުން ހިންގުމުގެ ބިލުގެ ދެވަނަ ބާބުގެ އަތޮޅު ކައުންސިލްގެ 3 ވަނަ ނަމްބަރުގައި ބުނަނީ ” ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވާ ، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއް ޤާނޫނު އަސާސީއާއި ، މިޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އެ ދާއިރާ ހިންގުމަށް އިންތިހާބުކުރާ އަތޮޅު ކައުންސިލުންނެވެ. މިދަންނަވައިލެވުނީ ދާދި މިދާކައްދުވަހު ރައްޔިތުންގެ މަޖިލީހުން ދިވެހިރައްޔިތުންނަށް ޓަކައި ހައްދަވައި ދެއްވި ޤާނޫނެއްގެ ވާހަކައެވެ. އަޅުގަނޑަށް ފަހުމުވާގޮތުގައި މިޤާނޫނު ނުވަތަ  ލާމަރުކަޒީ ބިލުގެ މި މާއްދާ ޤާނޫނު އަސާސީއާއި އެބަފުށުއަރައެވެ. އެގޮތަކީ ޤާނޫނު އަސާސީން ރައީސުލް ޖުމުހޫރިއްޔާއަށް ލިބިދީފައިވާ ބާރު ހަނިކުރުމެވެ. ނުވަތަ ޤާނޫނު އަސާސީގެ މައްޗަށް އަރައި ގަތުމެވެ.

      ކޮންމެޔަކަސް ޤާނޫނު އަސާސީން ބާރުލިބިގެން ކުރީގެ ރައީސުލް ޖުމުހޫރިއްޔާ އުފެއްދެވި ގައުމީ އިދާރާތަށް މިހާރު ދިވެހިރާއްޖޭގެ ވެރިކަމާއި ގަދަބާރުން ހަވާލުވެ ހުންނެވި ސަރުކާރުގެ ރައީސުލް ޖުމުހޫރިއްޔާ އެވަނީ އިހައްދުވަހު އުވާލައްވާފައެވެ. ރާއްޖޭގެ ހަތްސަރަހައްދެއްގައި ރައްޔިތުންނާއި ކައިރިން ހިދުމަތް ދިނުމަށް ޤައުމީ އިދާރާތަށް ސަރުކާރުން އުފެއްދެވި މަގުސަދު ހާސިލުވުވަމުން ދަނިކޮށް މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން އެ އިދާރާތަށް އެވަނީ ކަފުންކޮށް ވަޅުލައިފައެވެ. ޤައުމީ އިދާރާތަށް އުވާލުމަކީ ބަދަލު ހިފުމެއްގެ އިތުރުން މިހާރުގެ ހޯމް މިނިސްޓަރ ހުވަފެން ފުޅެއްކަމުގައިވުމީ ގާތްކަމެކެވެ. ކޮންމެޔަކަސް މިފަހަރު މިވަނީ މިހުވަފެންފުޅު ހަޤީގަތަކަށް ވެފަތާއެވެ. އަޅުގަޑަށް ގަބޫލު ކުރެވޭ ގޮތުގައި ބޮޑެތި ހަރަދުކޮށްގެން އުފައްދަވާފައިވާ މިފަދަ މުހިންމުތަންތަން އުވާލަން ޖެހެނީ މިތަންތަނުން ރައްޔިތުންނަށް ދެމުންއައި ޙިދުމަތް މެދުނުކެނޑޭނެ ގޮތަކަށެވެ.

        ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައި ހުންނަ މުއައްސަސާތަށް ބަދަލު ހިފުމުގެ ގޮތުން ބަންދުކުރާމީ ނުވަތަ އުވާލުމަކީ އޭގެ ސަބަބުން ރައްޔިތުންނަށް އެތަށްދަތި އުދަގޫ ތަކަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. އަދި މިނޫނަސް އެތަށް ބައެއްގެ ވަޒީފާތަށް ގެއްލިގެންދާނެ ކަމެކެވެ.

        މިދިޔަ ދުވަސްވަރަކީ ރާއްޖޭގެ އެންމެ ހަނަފަސް ދުވަސްތަށް ކަމުން ނ.އަތޮޅުގެ އިރުވާތޮށީގެ ގިނަރައްރަށުގައި ބޯފެން ވަނީ މުޅިންހުސްވެ ފެނަށްޖެހިފައެވެ. ގިނަރައްތަކެއްގެ ކައުންސިލުން ބޯފެނުގެ ވާހަކަ ” އާޖެންޓް” ޖަހާފަ ޑިޒާސްޓަރ އަށާއި އަތޮޅު އޮފީސްތަކަށާއި ހޯމްއެފެއާޒަށް އަންގަމުން މެސެޖު ފޮނުވަމުން ދިޔައެވެ. އެހެން ނަމަވެސް ގައުމީ އިދާރާތަށް އުވާލާފައިވާތީ މިމެސެޖްތަކަށް ސީދާ ޖަވާބެއް ދޭނެ ފަރާތެއް ވަނީ ކައުންސިލްތަކަށް ނުލިބި ބޯފެން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކިޔޫގައި މަޑުކުރަންޖެހިފައެވެ. މިހިރަ ކަންކަމީ  އެއްވެސް ބެލުމެއްނެތި ދުރައްނުވިސްނަވާ މިވަގުތު ސަރުކާރުގެ ކަމާއިބެހޭ މިނިސްޓްރީން ޖަމީލު އިސްވެހުރެ ބަދަލުހިފުމުގެ ގޮތުން ހިނގަމުންދާ ދެކޮޅުނުޖެހޭ ކަންތަށްތަކެވެ.

         އަޅުގަނޑުގެ ނަޒަރުގައި އެއްގޮތެއްގައި ޤައުމީ އިދާރާތަށް އުވައިލުމަކީ މައްސަލައެއް ނޫނެވެ. އަނެއްގޮތެއްގައި އެއީ ވަރައްބޮޑު ފޫނުބެއްދޭ ވަރުގެ މައްސަލަ އެކެވެ. ސަބަބު ބައިވަރެވެ. ޤައުމީ އިދާރާތަށް ސަރުކާރުން އުވާލާނަމަ އެއިދާރާތަކުގައި ކުރަމުންއައި ޒަމާނީ މަސައްކަތްތަށް އަތޮޅު އޮފީސްތަކަށް ބަދަލުކޮށް ކަމަށް ގާބިލު މުއައްޒިފުން އެތަންތަނަށްލައި އަދި މިހާރު އިންތިހާބު ކޮށްފައިވާ ކައުންސިލަރުންގެ މައްޗަށް ސަރުކާރުގެ އިސްވެރިޔަކު އައްޔަނުކޮށް ތަފާތު މުހުތާދުތަކުގައި މާލެދާންނުޖެހޭ ވަރަށް ހިދުމަތްތަށް އަތްފޯރާފަށުގައި ހުރެއްޖިއްޔާ މައްސަލައެއް ނެތެވެ.

        ސަރުކާރުން ޤައުމީ އިދާރާތަށް އުވައިލީ ޙަރަދު ކުޑަކުރަން ކަމުގައި ބުނާނަމަ އެއީ ބުހުތާނެކެވެ. އެއީ މިހާރު ސަރުކާރުން އެގެންދަނީ އެތަން މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން އިތުރު ދެމިނިސްޓަރީއެއް އުފައްދަމުންނެވެ. އަދި މިދެތަނުގެ އިތުރުން ބަޤާވާތާއި ގުޅުންހުރި މީހަކު މިނިސްޓަރުކަން ބޭނުންވާނަމަ ދެން އުފައްދާ މިނިސްޓްރީއަކަށް ވެގެންދާނީ ” މިނިސްޓްރީ އޮފް ފަރުނީޗަ އެންޑް ވަރުނީސް ” ކަމުގައި ޤަބޫލު ކުރެވެއެވެ.

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލެއްދެއްވާ

avatar
ބޮޑުފުތު
ބޮޑުފުތު

ޤައުމީ ޢިދާރާތައް ހުރި އިރު ކަންތައްތައް ކުރަން އުދަގޫ ވާހަކައަކީ އޭރު އެންމެންހެން ދަށްކަމުންދިޔަ ވާހަކައެއް ، އާނ ! އޭރު ރީދޫ ބައިގަޑަށް ކަންތައްތައް ކުރަން ކިތައްމެހާވެސް ފަސޭހަ އެހެންނު ވާނީ ޤައުމީ ޢިދާރާއޭ ކިޔާފަ އެތަނުގައި މުޅިންވެސް ގެންގުޅެމުން ގެންދިޔައީ އެމްޑީޕީ އެކްޓިވިސްޓުންނާއި ވަޒީފާގެ ދަޅަދައްކައިގެން ރަށްރަށުން ގެންދިޔަ އަންހެން ކުދިންވިއްޔަ ! ޤައުމީ ޢިދާރާތައް ނެތުމުން މެދު ކެޑިފައިވަނީ ކޮން ޚިދުމަތެއްބާ !!؟

ކުޑަފުތު
ކުޑަފުތު

އަންހެން ކުދިން ގެންގޮސްގެން މަސާޖުޕާލާތައް ހެދުމަކީ ޤައުމީ އިދާރާއުފެއްދީމާ ވީކަމެއްކަމަށް ހީކުރުމަކީ މޮޔަކަމެއް. ހިސާބަށްވުރެ ޖާހިލް ނުބައި ނުލަފާ މީހުން ކަންކަމުގެ ވެރިންނަށް ލެވުނީމާ އެއަށްވުރެވެސް ނުބައި ފާހިޝް ޢަމަލުތައް ހިނގާނެ. މިނިސްޓްރީ ތަކުގެ ސައިކޮޓަރީތަކުގައި މިހާރުވެސް ހިނގާ ފާހިޝް ޢަމަލުތައް ތިބާއަށް އެނގޭނަމަ ތިހެން ނުބުނީސް. ޤައުމީ އިދާރާތަކަކީ ހުންނަންޖެހޭ ތަންތަން . އެތަންތަނުން ރައްުޔިތުންނަށް ލިބެމުން އައި ޚިދުމަތްތައް މިހާރުމިވަނީ މެދުކެނޑިފާ .

Mohamma
Mohamma

ެއަދުނާނުބެ މިހާރު މުޅިން ބަދަލްވެލެއްވީތަ ! އަނެއްްކާ ” ރީދޫހުން ” ޖެހުނީ ދޯ ! ޤައުމީ ޢިދާރާތައް ހަދައިގެން ރަށްރަށުން އަންހެންކުދިން ގެންގޮސްގެން ގަތް ” ގަނޑު ” އެންމެ ރަނގަޅަށް އެނގިލައްވާނެ އެކަކީވެސް ހަމަ އަދުނާނުބެދޯ ! އަދިވެސް އެފަދަ ފާހިޝް ކަންތައްތައް ކުރުވުމަށް މަގުފަހި ކުރުވުމަށް ބޭނުންވެލައްވަނީތޯ ؟