ޢަލީގެ އިންޓަރވިއު ( އަހަންމާކަލޯގެ ޖޯކްފީތާއިން ތަންކޮޅެއް )

ސޮފްޓްވެއަރ އުފައްދާ ކުންފުންޏަކުން ވަޒީފާއަކަށް ކުރިމަތިލައިގެން އިންޓަވިއު އަށް އަލީ ދިޔައެވެ.

އިންޓަރވިއު ކުރަން އިނީ ކުންފުނީގެ އިސް އޮފިޝަލެކެވެ.

އޮފިޝަލް: އެނގޭތަ؟ މައިކްރޯސޮފްޓް އޮފީސް؟

ޢަލީ : ކޮން އަވަށަކު ތޯ ހުންނަނީ؟ ނޫނީ އެ އޮފީސް ހުންނަ ބިލްޑިންގެއް ވިދާޅުވަނިކޮށް އަޅުގަނޑު ހިގައިދާނަން.

އޮފިޝަލް: ކޮބާ އުފަންދުވަހަކީ؟

ޢަލީ: 12 ފެބުރުއަރީ

އޮފިޝަލް : ކޮންއަހަރަކު؟

ޢަލީ : ބަލަ ކޮންމެ އަހަރަކުވެސް އަންނާނެއް ނޫންތޯ.

އޮފިޝަލް: އެހެންވެއްޖިއްޔާ ބުނެދީބަލަ އޮރެންޖަކާ އާފަލަކާ ހުރިތަފާތު؟

ޢަލީ : އޮރެންޖްގައި ހުންނާނީ ހަމަ އޮރެންޖްކުލަ. އެކަމަކު އާފަލުގައި ހުންނާނީ އާފަލުހެނެއް ނުވާނެ.

އޮފިޝަލް: އަބުރަހަމް ލިންކަން އާއި ބެހޭގޮތުން ޖުމުލައެއް ކިޔާލަބަލަ.

ޢަލީ: އަބުރަހަމް އަކީ ވަރަށްގަދަ މީހެއް އެކަމަކު ލިންކަން އަކީ ކާކު ކަމެއްނޭންގެ.

އޮފިޝަލް: ކޮބާ އެންމެ ދުވަސްވީ ޖަނަވާރަކީ؟

ޢަލީ : ޒިބްރާ

އޮފިޝަލް : އެއީކީއްވެ ޒިބްރާއަށްވީ؟

އަލީ : ޒިބްރާ ހުންނާނީ ބްލެކިން ވައިޓް ކޮށް.

މިހާހިސާބުން ދެން އިތުރު ސުވާލެއް ކުރާކަށް ނުހަދައެވެ. އަލީ ފޮނުވާލީ ގެއަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަހަންމާކަލޯގެ ޖޯކްފީތާއިން ތަންކޮޅެއް

އަލީ އާއި އަލީގެ ބޮސް އަލީ އަބަދުވެސް އަލީގެ ބޮޑު މީހާއަށް ވަރަށްބޮޑަށް އިޙްތިރާމް ކޮށް އަދަބު އަދާކުރެއެވެ. ބޮޑު …

ޚިޔާލެއްދެއްވާ

avatar
ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

ތިޔަވަރުން އިންޓަވިއު ފުދޭނެ… ހެހެހެ ޢަލީ ޖަވާބު ދިނީ ރަނގަޅަށްދޯ.. ބުލެކް އެންޑް ވައިޓްކޮށް ދެންހުންނާނީ ގިނަދުވަސް ވީމަތާ….

wpDiscuz