ޝޭހް އިލިޔާސްގެ ދަރުސް އާއި ގުޅިގެން ސިޓީ ކައުންސިލުން ބަޔާނެއް ނެރެފި

މުޅިރާއްޖެއަށް މަޝްޙޫރު ދީނީ ޢިލްމްވެރިޔާ ޝޭހް އިލްޔާސް ހުސެއިން ފުރުގާން މިސްކިތުގައި ރޭ ދަރުސް ދެއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ފުރުޤާން މިސްކިތް ގާތުގައި  ހަމަނުޖެހުން ހިންގާފައިވަނިކޮށް މާލޭގެ މިސްކިތްތަކުގައި ހުއްދަ ނުހޯދައި ދަރުސްދޭ ފަރާތްތަކާ މެދު ފިޔަވަޅުއަޅައިދިނުމަށް މާލޭ ސިޓީ ކައުންސިލުން ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާއްމު އުސޫލެއްގެ ގޮތުން، މިސްކިތްތަކުގައި ދަރުސްދޭން ޖެހެނީ މިސްކިތްތައް ބަލަހައްޓަމުން އަންނަ އެ ކައުންސިލުން އެކަމަށް ހުއްދަ ހޯދައިގެން ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެ ހުއްދަ ނުހޯދައި މިސްކިތްތަކުގައި ދަރުސް ބާއްވަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

“ދީނީ އިލްމުވެރިން ނަމަވެސް ހަމަޖެހިފައިވާ އުސޫލާ ހިލާފަށް، މިސްކިތްތައް ހަވާލުވެފައިވާ ފަރާތުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަންތައްތަކަށް އިޖާބަނުދެއްވާ މިސްކިތްތަކުގެ ސައުންޑާއި ކަރަންޓް ހުއްދަ ނެތި ބޭނުންކުރެއްވުމުން، މުޖުތަމައުގައި މަގުދައްކަވައިދެއްވުމަށް ތިއްބަވާ ދީނީ އިލްމުވެރިންގެ ފަރާތުން އެ ދައްކުވައިދެނީ ވަރަށް ނުބައި މިސާލެކެވެ،” ކައުންސިލުން ބުންޏެވެ.

އެގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން މިސްކިތްތަކުގައި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް އެ ކައުންސިލަށް ދަތިވެ، މިސްކިތްތަކުގެ ބޭނުމަށް ލާފައިވާ ކަރަންޓް ފަދަ ތަކެތި އާއްމު އެހެން ބޭނުންތަކުގައި ބޭނުންކުރުމަށް މަގު ހުޅުވިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނީ މިސްކިތްތަކުގައި ދަރުސްދިނުމުގެ ހުއްދައަށް އެދޭ ފޯމު ފުރުމުން ކައުންސިލުން އެ ހުއްދަ ދޫކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ހުއްދަ ނުހޯދައި ދަރުސް ބޭއްވުމަކީ އާއްމު މަސްލަހަތު ގެއްލިދާނެ ކަމަކަށްވާތީ އެކަން އެގޮތަށް ކުރިއަށް ނުގެންދިއުމަށް ކައުންސިލްގެ ބަޔާނުގައި އެދިފައިވެ އެވެ.

މި ފަހަކަށް އައިސް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ރާއްޖޭގައި ހަރަކާތްތެރި ވެލައްވާ ދީނީ ޢިލްމްވެރިން އަގު ވައްޓާލުމަށްޓަކައި ސިއްރާއި ފައުޅުގައި އަންނަނީ ތަފާތުކަންތައްތައް ކުރަމުންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz