ޙާލަތުއަދުމިވަނީ ބަދަލެއްވެވިފައި ދުނިޔޭން!

މަޝްހޫރު ޢަރަބި ޅެންވެރިޔަކު ވިދާޅުވެފައިވެއެވެ. نُعِيْبُ زَمَانِنِنَا وَالْعَيْبُ فِيْنَا وَمَا لِزَمَانِنِا عَيْبٌ شِوِانًا އަހަރެމެންގެ ކިބައިގައި ޢައިބުތައް ވާޙާލު ޒަމާނަށް އަހަރެމެން ފާޑުކިޔަމެވެ. ނަމަވެސް ޒަމާނަށް އުނިކަމެއް ލިބިގެންވާނަމަ އެކަމަކީ ހަމަ އަހަރެމެންގެ ފުށުން ލިބިފައިވާ އުނިކަމެއްކަން ކަށަވަރެވެ. މިތެދު ޙަޤީޤަތް މިހެން އޮތް އިރުވެސް މިއަދު މިޤައުމުގެ ޙާލަތާއިމެދު އެއްޗެއް ނުބުނެ ހަނުހުރެވޭކަށް ނެތެވެ. ސަބަބަކީ އަޅުގަނޑުމެންގެ މިއަމާން މާޙައުލު ކިލަނބުކުރުވާފައިވާލެއް ބޮޑުކަމެވެ. އުފާވެރިކަމާއި، އެކުވެރިކަމާއެކު އުޅެމުން އައިދިވެހީންގެ އެޙާލަތު ބަދަލުކުރުވި ބަޔަކީވެސް ހަމަ ދިވެހީންނެވެ.

އަޅަގަނޑުމެން ވޯޓްދީގެން ހޮވާފައިވާ ރައްޔިތުންގެ މަޖުލިސްގެ މެމްބަރުން ކުޅެމުންއެދާ ކުޅިގަނޑަކީވެސް ރަށްޔިތުންދެކެ ލޯބިވާބަޔަކު ކުރާޒާތުގެ ކަމެއްތޯއެވެ؟ ޤައުމުގެ މަޞްލަޙަތުގެ ކުރިއަށް އަމިއްލަ މަޞްލަހަތު އިސްކުރަމުންދާކަމުގެ ހެއްކަކީ ތިމާމެންގެ ޢިއްޒަތުއްނަފުސު ސަލާމަތްކުރުމަށްޓަކައި ހަބޭހަށް މަސައްކަތްކުރަމުންދާކަމެވެ. ކޮންގޮތަކަށްތޯއެވެ؟ މާލީގޮތުން ލިބޭބައި ބޮޑުކުރުމެވެ. ފެންނަމުންދާ މަންޒަރުތަކާއި ހުށައަޅަމުންދާ ކަންތައްތަކަށް ބަލާއިރު، އެންމެފަހުންގޮސް މެމްބަރުން ކުށެއްކުރިކަމުގައިވިއަސް ކަރާމަތަށްޓަކައި މެމްބަރުންނަށް އަދަބުނުލިބޭގޮތަށްވެސް ހުށައެޅުމަކީ ވަރަށްގާތުގައިވާކަމެއްހެއްހީވެއެވެ.

ވުމާއެކު މިދެންނެވި ޙާލަތު ބަދަލުކުރުމަށް 2013 ވަނައަހަރުގެ އިންތިހާބުގައި ދިވެހި ލޮބުވެތި ރައްޔިތުން ވަރަށްވިސްނުންތެރިކަމާއެކު މުސްތަޤުބަލަށް ލާބައާއި މަންފާކުރާނޭހެން މަސައްކަތްކުރަންމިވަނީ ޖެހިފައެވެ. މިކަންކުރެވޭނީ އަޅުގަނޑުމެންނަކީ އެއިރަކު އެންމެ “ހިޔާބޮޑުގަހެއްގެ ދަށުގައި އުޅެން” ދަސްކުރުމުގެ ބަދަލުގައި ދަތިއުނދަގުލާއެކުވެސް އިލާޙީ ޙަޟުރަތުން އެންގެވިގޮތުގައި ސާބިތުކަންމަތީ ތިބެގެންކަން ކަށަވަރެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz