ޗެމްޕިއަންސް ލީގު – ތަފާތު ފަހަރެއް

ކުރީ އަހަރުތަކާއި ޚިލާފަށް މިފަހަރުގެ ޗެމްޕިއަންސްލީގު ވެގެން މިދަނީ ވަރަށް ތަފާތު މުބާރާތެއްގެ ގޮތުގައެވެ. ދުނިޔޭގެ އެންމެ ނަން މަޝްޙޫރު އެންމެ ވަރުގަދަ ޓީމްތައް ތަމްސީލް ކުރާ މުބާރާތުގެ ފައިނަލަށް އެއްޓީމް ހޮވިފައިވާ އިރު އެންމެފަހު މުބާރާތުގެ ޗެމްޕިއަންޓީމް މިވަނީ މުބާރާތުން ކަޓާފައެވެ.

މުބާރާތުގެ ސެމީއަށް ޓީމްތައް ހޮވުމާއިއެކު ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނަމުން ދިޔައީ ފިސާރި ފަސޭހަކަމާއިއެކު އެންމެފަހުގެ ޗެމްޕިއަން ސްޕޭނުގެ ބާސަލޯނާ މި އަހަރުވެސް އެއްކޮޅުން ފައިނަލް ކުޅޭނެކަމުގައެވެ. ނަމަވެސް ގިނަބަޔަކު ހީކުރި ގޮތާއި ޚިލާފަށް ސެމީފައިނަލްގެ ދެވަނަ މެޗު ނިމުނުއިރު ބާސާ ކަޓްވާލުމަށްފަހު މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިމިވަނީ މިއަންނަ އަހަރުގެ ޗެމްޕިއަންސްލީގުގެ ފުރުޞަތެއް ލިބުމުގެ ޖާގަ މުޅިންކަހަލަ ގޮތަކަށް ގެއްލިފައިވާ އިގިރޭސިވިލާތުގެ ޗެލްސީ އެވެ.

ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި އެންމެގިނަ ކޯޗުން ބަދަލްކުރެވުނު ޓީމެއްގެ ގޮތުގައި ފާހަގަކުރެވޭ ޗެލްސީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވާއިރު ފައިނަލްގެ ދެވަނަ ޖާގަ ހޯދުމަށްވެސް ނިކުންނަނީ ސަހަލް ދެޓީމެއް ނޫނެވެ. ސެމީގެ ދެވަނަ މެޗަށް ޖަރުމަނުގެ ބަޔާން މިޔުނިކާއި ސްޕޭންގެ ރިއަލް މެޑްރިޑް މިރޭ ނިކުންނައިރު ބަޔާން މިޔުނިކަށް ފުރުޞަތު ބޮޑުވިނަމަވެސް މިމެޗް ރިއަލްގެ ދަނޑުގައި ކުޅެވޭތީ އެޓީމަށް ހޯމްއެޑްވާންޓޭޖު ނެގިދާނެއެވެ.

މިރޭގެ މެޗުން ރިއަލް މޮޅުވެ ޗެލްސީ އާއިއެކު ފައިނަލްގައި މިދެޓީމް ކުޅެންޖެހިއްޖެނަމަ މިފަހަރުގެ ފައިނަލް ވެގެންދާނީ މިވަގުތު ރިއަލް މެޑްރިޑްގެ ކޯޗުގެ މަޤާމުގައި ހުރި ހޯސީ މޮރީނިއޯގެ ފައިނަލަށް ކަމުގައެވެ. ސަބަބަކީ ޗެލްސީ ޗެލްސީއަކަށް ހަދައިދިން މީހަކީ މޮރީނިއޯ ކަމަށްވާތީއެވެ.

އަނެއްކޮޅުން ރިއަލް ކަޓްވާލުމަށްފަހު ބަޔާން މިޔުނިކް ފައިނަލަށް ގޮއްސިނަމަ މި ފަހަރުގެ ފައިނަލް ވެގެންދާނީ ގިނަބަޔަކު އުއްމީދު ނުކުރާ ދެޓީމެއްގެ މެދުގައި ކުޅެވިގެންދާނެ ފައިނަލްމެޗެއްކަމުގައެވެ. އަނެ ބަލަން ތިބެމާ ހިނގާށެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz