ޖުމްހޫރީ މައިދާނުގައި ހަމަނުޖެހުން ހިނގާ 9 މީހަކު ހައްޔަރުކޮށްފި

މިއަދުވެސް އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ހުކުރުނަމާދަށްފަހު ޖުމްހޫރީމައިދާނަށް އެއްވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމާއި ގުޅިގެން ފުލުހުންނާއި، އެމީހުންނާއި ދެމެދު ކުރިމަތިލުން ތަކެއް ހިގައިފިއެވެ. މިކުރިމަތިލުމެއްގައި  ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އެމްޑީޕީ ބަޔަކު ޖުމްހޫރީ މައިދާނަށް ނިކުމެ ރައީސް ވަހީދުގެ އިސްތިއުފާ އަށް ގޮވާ ފުލުހުންނާއި ސިފައިންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުހާތަބު ކުރަމުންދިޔައިރު ފުލުހުންނާއި ސިފައިން އެސަރަހައްދަށް މީހުން ވަނުމަށް ހުރަސް އަޅާފައެއްނުވެ އެވެ.

ނަމަވެސް މާގިނައިރުތަކެއް ނުވެ ފުލުހުން ވަނީ އެސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރުދީ މުޒާހަރާ ރޫޅާލާފައެވެ.  މުޒާހަރާ ރޫޅާލިއިރު ދެފަރާތުގެ މެދުގައި ކޮންމެވެސް ވަރެއްގެ ކުރިމަތިލުން ތަކެއް ހިނގާފައިވެއެވެ. އަދި ޖުމްހޫރީ މައިދާނުގައި އިށީނދެ ތިބި 9 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ

މިއަދު އެސަރަހައްދުގައި ހިންގި ހަމަނުޖެހުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ހުކުރުން ފައިބައި ވަޑައިގެން ކާރުގައި ވަޑައިގަންނަވަނިކޮށް އެމަނިކުފާނުގެ ކާރުގައި ގަލަކުން ޖަހާ ބިއްލޫރި ގަނޑުވެސް ތަޅާލާފައިވެއެވެ. އަދި އަދާލަތު ޕާޓީގެ ނައިބު ރައީސަށް ވެސް ހަމަލަދޭން މަސައްކަތްކޮށްފައިވެ އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މުޒާހަރައެއްގައި ކުޑަކުއްޖަކު ލައްވާ ލަވައެއް ކިޔުންވި މައްސަލައެއް ބަލަނީ

އެމްޑީޕީން ބޭއްވި “މިންޖުވާން” މުޒާހަރާގެ ތީމް ލަވަ، ކުޑަކުއްޖަކު ލައްވައި ކިޔުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. “ބައެއް …

ޚިޔާލެއްދެއްވާ

avatar
ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ތަޅާފޮޅުފުމުގައި ތިއްބާ އަޅުގަނޑުމެން ގެންދަވާަފާނެ….

wpDiscuz