ޖުމުހުރީ ޕާރޓީގެ ރައީސްކަމަށް ޑރ. ޑީޑީ އިންތިޙާބުކޮށްފި

ޖުމްހޫރީ ޕާޓީގެ ރައީސްކަމަށް ދާދިފަހުން އެމްޑީޕީގެ ކުރީގެ ރައީސް ކަމުން ވަކިކޮށްފައިވ އެމްޑީޕީގެ އިންތިހާބީ ރައީސް އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑރ.އިބްރާޙިމް ދީދީ މިރޭ އިންތިޙާބްކޮށްފިއެވެ. ޖުމްހޫރީ ޕާޓގެ ރައީސްކަމަށް ޑރ. ޑިޑީ އެކަނި ކުރިމަތިލައްވައިގެން ޑީޑީއަށް ލިބިވަޑައިގެންނެވީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެލެއްވި 24 މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ވޯޓެވެ. އަދި  ޑީޑީއާއި ދެކޮޅައް 13 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.

މިރޭ ބޭއްވުނު ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައްދުވުމުގައި އެޕާޓީގެ ނައިބް ރައީސްކަމަށް އިންތިޙާބުކޮށްފައިވަނީ ވީޓީވީގެ އެގެޒެކްޓިވް ޗެއާމަން އަމީން އިބްރާޙިމްއެވެ. އަމީނަށް 21 ވޯޓް ލިބިވަޑައިގެންފައެވެ. އަމީންއާއި ވާދަކުރެއްވި މުޙައްމަދު ޙަލީމަށް ލިބިވަޑައިގަތީ 3 ވޯޓެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ކަންކޮޅުތަކުން ޖުމުހުރީ ޕާރޓީއާއި އެތައްބަޔަކު ގުޅެމުން އަންނަކަން ފާހަނގަކޮށްލަން ޖެއެވެ. މިރޭ ޖުމުހުރީ ޕާރޓީގެ ރައީސަކަށް ޑރ.ޑީޑީ އިންތިހާބުކޮށްފައިވާއިރު ޕާރޓީގެ ލީޑަރ ޤާސިމް އިބްރާޙިމާއި ޑީޑީގެ މަސްޢޫލިއްޔަތު ފުށުނާރާނެކަމަށް މިދެބޭފުޅުންވެސް ހާމަކުރައްވައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ނަޝީދު ވެރިކަން ކުރައްވަމުން ގެންދެވީ ބޭރުގެ ބައެއްގެ ނުފޫޒާއި އެކީކަމަށް ސުވާލުއުފެދޭ – ޑރ.ޑީޑީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ދީނާއި ފުށުއަރާ ގޮތައް އަމަލުކުރައްވަމުން ގެންދިޔަ ދިޔުމުން އެމަނިކްފާން ވެރިކަން ކުރައްވަމުން ގެންދެވީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz