ޖާބިރު އައުޕާޓީއެއް އުފައްދަވާ ޚިޔާލުދޫކޮށްލެއްވުމަށްފަހު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަނީ!

ވެރިކަންކުރާ އެމްޑީޕީގެ ފަންޑް ރައިޒިންގ ކޮމިޓީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ޢަބްދުﷲ ޖާބިރު އެމްޑީޕީން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމުގެ ޚިޔާލުދޫކޮށްލެއްވުމަށްފަހު އަލުން އަނެއްކާވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް މީޑިޔާގައި އަޑުފެތުރެން ފަށައިފިއެވެ.

ޖާބިރު މިއަދުވަނީ މިޚަބަރު މީޑިޔާއަށް ކަށަވަރު ކޮށްދެއްވާފައެވެ. މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަރަށް ކުރުކޮށް ޖާބިރު ވިދާޅުވިކަމަށް ނޫސްތަކުގައި ވަނީ އެފަދަ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާ ޖުމްހޫރީ ޕާޓީއާ ނުގުޅެންވީ ސަބަބެއް ވެސް މިހާރު ނެތް ކަމަށެވެ. ވެރިކަން ކުރާ އެމްޑީޕީއާއި ދެފަހަރެއްގެ މަތިން ގުޅިވަޑައިގެންނެވުމުގެ އިތުރުން ޑީއާރްޕީއާއި ޕީއޭއާއި ޖުމްހޫރީ ޕާޓީގައިވެސް ކުރިން ހަރަކާތްތެރިވެ ވަޑައިގެންނެވި ޖާބިރު ޖުމްހޫރީ ޕާޓީއާ އަލުން ގުޅިވަޑައިގެންނެވުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައި މިވަނީ، އެމްޑީޕީން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

ރ.އަތޮޅު ޗެމްޕިއަންކަން މީދޫ ނަގައިފި.

މިނިވަން 50 ގެ މުނާޞަބަތުގައި މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ” މިއަހަރުގެ މުބާރާތުގެ ރ.އަތޮޅުގެ ޗެމްޕިއަންކަން …

ޚިޔާލެއްދެއްވާ

avatar
wpDiscuz