ޕްރެސް ސެކްރެޓަރީ ނިއުސްކޮންފަރެންސް – ސަރުކާރުދިފާޢުކުރެއްވި

ސާބިތު ނުހިފޭނެ ކަމަށް ބުރަވެލެއްވޭ އަދި ޙަޤީޤަތެއް ނެތް ކަމަށް ކަނޑައެޅިގެން ފާހަގަކުރެއްވޭ ވާހަކަތައް ހާމަކުރެއްވުން އެއީ، ނޫސްވެރިކަމުގެ އަޚްލާޤާ ޚިލާފު ކަންތައްތަކެއް ކަމަށާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެފަދަ ކަންކަމާ ދުރުހެލިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު އިލްތިމާސް ކުރައްވައިފިއެވެ. ޕްރެސް ސެކްރެޓެރީ މިކަމަށް އިލްތިމާސް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގިނަ ޙާލަތްތަކުގައި މިފަދަ ވާހަކަތައް ވެގެންދަނީ ބޮޑެތިވެގެންވާ ބިދުޢައަށާއި،ޖަރީމާތަކަށްކަން އޭނާ ފާހަގަކުރެއްވަމުން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރާ ތުހުމަތު ތަކަށް އިންކާރުކުރައްވާ ސަރުކާރު ދިފާއު ކުރެއްވިއެވެ.

ޕްރެސް ސެކްރެޓެރީގެ ވާހަކަފުޅުގައި، މި ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނަޅާފައި ކަމަށް ބެލެވޭ ބައެއް ޢަމަލުތައް ހިނގާ ކަމާއި، މި ރާއްޖޭގެ ރަށްތައް ގިރާކަމަށް ރައީސުލްޖުމްހޫރިއްޔާ، ބޭރުގެ މީޑިއާތަކުގައި އިތުރުފުޅު ހައްދަވާ ކަމަށް ބުނެ، ޤައުމީ ޕާޓީން ނެރުނު ބަޔާން ދޮގުކުރެއްވިއެވެ.

އަދި ހިމަންދޫގައި ދީނީ ހަރުކަށި ޚިޔާލުގެ ބަޔަކު ތިބިކަމަށް ސަރުކާރުން ބުނެފައިނުވާނެކަމަށް ވިދާޅުވެ އެކަންތަކުރާރު ކުރައްވާ ވާހަކަ ފުޅުދައްކަވަމުން ވިދާޅުވީ ހިމަންދޫ މައްސަލަ ދުނިޔޭގެ މީޑިއާގައި ފެންމަތިވީ ކުރީގެ ސަރުކާރުން ކަންކުރެއްވި ގޮތުންކަމަށް ވިދާޅުވިއެވެ.

Z36�

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
wpDiscuz