ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ދީފައިވާ ސުނާމީ އެރުމުގެ އިންޒާރު ކެންސަލްކޮށްފި.

އިންޑޮނޭޝިއާ ސަރަހައްދަށް މިއަދު އައި ބިން ހެލުމާއި ގުޅިގެން ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ދީފައިވާ ސުނާމީ އެރުމުގެ އިންޒާރު ކެންސަލްކޮށްފިއެވެ. ނަމަވެސް މި އިންޒާރު އަދި ރާއްޖޭގެ މީޓްރިއަލޮޖިކަލް  ސެންޓަރުން ކެންސަލްކޮށްފައެއް ނުވެއެވެ. މީޓްރިއަލޮޖިކަލް ސެންޓަރުން ބުނީ ރާއްޖޭގެ އެލާޓް ކެންސަލްނުކުރަނީ ބިންހެލުމުގެ ބައެއް އަސަރުތައް ލޮނުގަނޑުން ކޮންމެވެސް ވަރަކަށް ފެންނާތީ ކަމަށެވެ. މިއަދު މެންދުރު ރާއްޖެ ގަނޑިން ދެ ގަޑި ފަނަ އެހާކަންހާއިރު އިންޑޮނޭޝިއާގެ ބަންޑަރ އާރޗޭ ސަރަހައްދަށް އައި 8.7 މެގްނިޓިއުޑްގެ ބާރުގެ ބިން ހެލުމުގެ އަސަރު ރާއްޖޭގެ އެކިރައްތަކަށް ވެސް ވަނީ ކޮށްފައެވެ. ނަމަވެސް މިބިންހެލުމާއި ގުޅިގެން އެއްވެސް މީހަކަށް އަދި އެއްވެސް އިމާރާތަކަށް ވެސް ގެއްލުން ލިބިފައެއް ނުވެއެވެ. އަދި މިބިން ހެލުމާއި ގުޅިގެން މިއަދު ހަވީރު ފަހެއްޖަހާއެހާކަންހާއިރު ސުނާމީއެއް ރާއްޖެ ސަރަހައްދަށް އަރާފާނެކަމަށް މީޓްރިއަލޮޖިކަލް ސެންޓަރުން ވަނީ ބުނެފައެވެ. ނަމަވެސް ބަންޑރ އާރޗޭ ސަރަހައްދަށް ދެވަނަ ފަހަރަށް 8.8 ގެ ބާރު މިނުގެ އާއި ބިން ހެލުމާއި ގުޅިގެން ސުނާމީ އެއް އުފެދިދާނެކަމަށް ބެލެވޭ ގަޑި މީޓްރިއަލޮޖިކަލް ސެންޓަރުން ވަނީ މިރޭ  ހަތްގަޑި ތިރީހަށް އިތުރުކޮށްފައެވެ. މިއަދު އިންޑޮނޭޝިއާއަށް މިއައި ބިން ހެލުމާއި ގުޅިގެން އިންޑޮނޭޝިއާ ބަންޑަރ އަޗޭއަށް ވަނީ 3.2 މީޓަރުގެ ސުނާމީއެއް އަރާފަކަމަށް ބައެއް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އިންޑޮނެޝިއާގެ ބަންޑަރ އާޗޭ ސަރަހައްދަށް މިއަދު ބިންހެލުމެއް އައިސް ސުނާމީ އެއް އުފެދިދާނެކަމަށް ލަފާކުރެވިފައިވާއިރު 2004 ވަނަ އަހަރު އެ ސަރަހައްދަށް 9.1 މެގްނިޓިއުޑް ބާރު މިނުގައި އައި ބިން ހެލުމާއި ގުޅިގެން އުފެދުނު ސުނާމީގައި ރާއްޖޭއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ސުނާމީ ކާރިސާއިން އިބްރަތް ހާސިލު ކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ސުނާމީ ކާރިސާއަށް 11 އަހަރު ފުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ދެއްވި …

ޚިޔާލެއްދެއްވާ

avatar
wpDiscuz