ޕާސްޕޯޓް އޮތީ ރައީސް ނަޝީދުގެ އަތްޕުޅުގައި ކަމަށް ވިދާޅުވެއްޖެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ޖުޑީޝަރީން ބުނެފައި ވަނިކޮށް އެމަނިކުފާނުގެ ޕާސްޕޯޓް ނުހިފަހައްޓާ ކަަމަށާއި، ޕާސްޕޯޓްއޮތީ ރައީސް ނަޝީދުގެ އަތްޕުޅުގައި ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ކޮންވެންޝަން ސެންޓަރުގައި އޮތް އެމްޑީޕީގެ ވައުދުގެ ދަތުރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހަދަނީ ހުސޮދޮގުކަމަށެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައި ވާހަކަމަށް މިހާރު ސަރުކާގެ ކަމާބެހޭފަރާތުން ބުނާއިރު އެ ޕާސްޕޯޓް އޮތީ އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް ބަނދުކޮށްފީމޭ ބުނާއިރު އެމަނިކުފާނު ހުންނަވަނީ އިގިރޭސި ވިލާތުގައި ކަމުގައެވެ. އަދި އެމަނިކުފާނު މާލެން ބޭރަށް ނުދެވޭތަށް ބަންދުކޮށްފީމޭ ބުނާއިރު އެމަނިކުފާނު ހުންނަވަނީ ރާއްޖެތެރޭގެ ކޮންމެވެސް ރަށެއްގައި ކަމުގައެވެ.

ރައީސް ނަޝީދު މިހާރުގެ ސަރުކާރުގެ ބޭފުޅުންނަށް ޚާއްޞަކޮށް ރައީސް ޑރ.ވަޙީދަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ރޭ ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވާއިރު ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް އިއްޔެ ވިދާޅުވީ ނަޝީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައި ވަނީ ބަންދުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރުނު ދުވަހު ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނަޝީދުއާއި މައުމޫނާ ދެބޭފުޅުން ގެ މަޝްވަރާ ކުރިއަށްދާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ.

ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި، އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz