ޕާރޓީގެ ފިކުރާހެދި ރަށްރަށުގެ ތަރައްޤީއަށް ހުރަސްއެޅެނީ

އިންޑިޔާކަނޑުގައި ރަންމުތީތަކެއްގެ ގޮތުގައި ޖަޒީރާރައްތަކެއްގެ މައްޗަށް އެކުލެވިގެންމިވާ ކުޑަކުޑަ ޤައުމަކީ ފެށުނީންސުރެވެސް އެކުވެރި އެއްބައިވައްތަ ރައްޔިތަކު ދިރިއުޅެމުން އަންނަ ޤައުމެކެވެ. މިޤައުމަށްް މިހާތަނަށް ލިބިފައިވާނަމަ ލިބިފައިވާ ހުރިހާ ކުރިއެރުމެއްގެވެސް އަސްލަކީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަ ކަމެވެ.

ދިވެހި ކާބަފައިންނަކީ އެކުވެރި އެއްބަނޑު އެއްބަފާ އަހުންތަކެއްގެ ގޮތުގައި މަސައްކަތްކުރި އެކުވެރި ރައްޔިތުންތަކެއްކަމާއި މެދު ޝައްކުކުރާނެ އެއްވެސް މީހަކު ނުވެއެވެ. ރާއްޖޭގެ ގިނަ ރަށްތައް ތަރައްޤީގެ މަގުގައި ކުރިއަރާ ގޮސްފައވަނީ އެރަށްރަށުގެ ރައްޔިތުން އެކުވެރިކަމާއި އެއްބައިވަންތަ ކަމާއި އެކު ކުރި ބުރަމަސައްކަތުންކަން ޔަޤީންނެވެ.

ދުނިޔެ ތަރައްޤީވެ ޒަމާންބަދަލްވެ ދިވެހިރާއްޖެއަށް ޕާރޓީ ސިސްޓަމް ތަޢާރަފްވުމާއިގުޅިގެން ދިވެހިންގެ މެދުގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބަނޑު އެއްބަފާކަން މިއަދު މިވަނީ ނެތި ދާންފަށަފައެވެ. ވަކިން ޚާއްޞަކޮށް ރަށްރަށުގެ ރައްޔިތުން ރަށުލޯބީގައި ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ކުރާމަސައްކަތްތަކަށް މިވަނީ ވރަށްބޮޑަށް ހިޔަނި އެޅެން ފަށާފައެވެ.

އެމީހަކު ތާޢީދުކުރާ ނުވަތަ އެމީހަކު ނިސްބަތްވާ ޕާރޓީއަކުން ކުރާކަމެއްގައި ނޫނީ އެމީހަކު ނުވަތަ އެބަޔަކު ބައިވެރި ނުވާމަންޒަރު މިއަދުފެންނަނީ އަޅުގަނޑުމެންގެ ތެރެއިން މަދު މުޖުތަމަޢު ތަކަކުންނޫނެވެ. އެމަސައްކަތަކީ ދީނީ ކަމެއްކަމުގައި ، ނުވަތަ ރައްޔިތުންނަށް ކިތައްމެ ލާބައަކާއި މަންފާއެއް ލިބެނިވި މަސައްކަތެއްކަމުގައި ވީނަމަވެސް އެކަމަކަށް ފާޅުގައި ދެކޮޅު ހަދާ މަންޒަރު މިއަދު ފެންނަމުން ދަނީ މަދެއްކޮށެއް ނުމެނޫންމެއެވެ. ހަމަ އެހެންމެ ބައެއް ފަރާތްތަކުން ޤަބޫލްކުރާ ގޮތުގައި އެރަށްރަށުގައި ހިންގެން ޖެހޭނީ ވަކި ޕާރޓީއަކުން ރާވާ އިންތިޒާމްކުރާ ކަންތައްތައް އެކަންޏެވެ.

މިއީ ކޮޅުނެތްކޮޅަށް ހިތާމަކުރަންޖެހޭ ކަމެކެވެ. ކޮންމެގޮތެއްވިޔަސް ޕާރޓީއަށްވުރެ ތިމާއަށް މުޙިއްމުވާން ޖެހޭނީ ތިމާގެ ޢާއިލާއެވެ. ތިމާދިރިއުޅޭ މުޖުތަމަޢުއެވެ. ތިމާގެ ރަށެވެ. ތިމާގެ ޤައުމެވެ. ރަށަށް ތަރައްޤީ އާއި ކުރިއެރުމާއި ހަމަޖެހުމާއި މަސަލަސްކަން ގެނެވޭނީ ޕާރޓީގެ ފިކުރަށްފުރެ ރަށާއި ޤައުމު އިސްކޮށް ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެގެންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
mohamma
mohamma

miulhay mdp meehunnaky rashen gaumen adhi family enves onna bayen Noonay dhw, Landhoogaves raiylaa jehi mdp meehunge therayga gina e miskithaiy vr dhuru meehun , emeehunah alhe hama nuvisnenytha

އަހްމަދު ލައިބް

ވަރަށް ރަގަޅު ލިޔުމެއް…. މިއުޅޭ މީހުނަށް ހެޔޮ ޕާޓީގެ ހަރުގެ ހިޔާކުރެވެނިކޮއް ތިމާ ގޭ ފުރާޅުހިޔާ ނުކުރެވުނަސް..