ޔޫޓިއުބް ބްލޮކް ކުރާނެކަމުގެ އިންޒާރު ސައޫދީން ދީފި

މާތްނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް އެމެރިކާގެ މީހަކު ހަދާފައިވާ ފިލްމު ސައޫދީޢަރަބިއްޔާއަށް ނުފެންނަގޮތަށް ހަދައިދިނުމަށް އެދިފައިވާނެ ކަމަށާއި، އެއެދުމަށް އިޖާބަނުދީފިނަމަ ސައޫދީ ޢަރަބިއްޔާއިން ޔޫޓިއުބް ކަނޑާލާނެކަމުގެ އިންޒާރު އެތާންގެ ސަރުކާރުން ދީފިއެވެ.

ސައޫދީ އޮފިޝަލުންނާއި ހަވަލާދީ ޕްރެސް އޭޖެންސީއިން އަންގާރަދުވަހު ހާމަކޮށްފައިވާގޮތުގައި ސަައޫދީ ސަރުކާރުން މިހާރުވާނީ ގޫގުލްއަށް ޔޫޓިއުބްގެ ހުރިހައި ލިންކެއް ބްލޮކް ކުރުމަށް އެދިފައިކަމަށާއި މިކަމަށް އަވަސް އަދި އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ސައޫދީޢަރަބިއްޔާއިން ޔޫޓިއުބްއަށް ނުވަދެވޭގޮތަށް ބްލޮކް ކުރާނެކަމަށެވެ.

މިފިލްމުގެ ޓްރެއިލަރ ޔޫޓިއުބުގައި ހިމެނުމުން އިސްލާމީ ގިނަގައުމުތަކުން މިހާރުދަނީ ޔޫޓިއުބު ބްލޮކްކުރަމުންނެވެ.

ދިވެހިރާއްޖެއިންވެސް މިފިލުމު ރާއްޖެއަށް ނުފެންނަ ގޮތް ހަދައިދިނުމަށް އިސްލާމިކް މިނިސްްޓްރީން ގޫގުލްގައި އެދުނު އެދުން ބޮލާލައި ޖަހާފައިވާ ކަމަށް ޚަބަރުލިބެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެންމެ މަޝްހޫރު ޔޫޓިއުބު ޓެކް ޗެނެލް

iGyaan ޔޫޓިއުބު ޓެކް ޗެނެލަކީ އިންޑިއާގައި ޓެކްނޮލޮޖީގެ ގޮތުން އެންމެ މަޝްހޫރު އެއް ޗެނެލެވެ. މީގެ 3 އަހަރު ކުރިން …

ޚިޔާލެއްދެއްވާ

avatar
wpDiscuz