ޔޫތު ބޮޑު ޗެލެންޖް

ޒުވާނުންނާއިކުޅިވަރުގެކަންތައްތައް ކުރިއަރުވާ ބަލަހައްޓަވާ މިނިސްޓްރީއިން އިންތިޒާމްކުރައްވައިގެން ބާއްވާ ޔޫތު ޗެލެންޖް – ކިއްސަރު 2012 ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ދިގުމުއްދަތަކަށް މެދުކެނޑިފައި އޮތުމަށްފަހު އަނެއްކައިވެސް ފަށައިގަންނައިރު ރާއްޖޭގެ މާޙައުލު މިއަދު މިއޮތްގޮތާއިމެދު ވިސްނާ ފިކުރުކޮށްލެއްވީ ކިހާމިންވަރަކަށްތޯ ސުވާލު އުފެދެއެވެ. ސަބަބަކީ ޒުވާނުންގެތެރެއިން ވަރަށްގިނަބަޔަކު މަސްތުވާތަކެތީގެ އަވާގައިޖެހި ދީނީ ކަންތައްތަކާއި ދުރުހެލިވުމުގެ ރޫހެއްގެންގުޅޭއިރު މިކަމަށް ރިޢާޔަތްކުރެވިފައިވަނީ ކިހާމިންވަރަކަށްތޯއެވެ؟

އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުންނަށްވީއިރު ޒުވާނުންނަށް ހުރި ފުރުޞަތޠުތަކުގެ ވާހަކަ ދައްކަންވާނީ ވަރަށް ވިސްނުންތެރިކަމާއެކުގައި ކަމަށް ދެކެމެވެ. ސަބަބަކީ ޒުވާނުން ކުރިއަށްދާން ކުރާ މަސްއަކަތްތަކުގައިވެސް އެކަމަކީ ހުއްދަކަމެއްތޯ ނުވަތަ ދީނާއި ތަޢާރަވާ ކަމެއްތޯ ބަލަންޖެހެއެވެ. ސަބަބުތައް ވަރަށްގިނައެވެ. އަޅުގަނޑުމެންގެ ދަރިންނަށް ކާންދޭ ކެއުމަކީވެސް ހުއްދަގޮތުގައި ހޯދޭތަކެތިންނުވަތަ ޙަލާލުތަކެތީން ދެވޭ އެއްޗެއްތޯ ބަލަންޖެހޭނެއެވެ. އަޅުގަނޑުމެންނާއި ދަރިންގެ މުސްތަޤުބަލް އުޖާލާކުރުމަށްޓަކައެވެ.

ވުމާއެކު މިފަދަ ބޮޑު އިވެންޓެއް އިންތިޒާމުކުރަމުންދާއިރު ކަމާއިބެހޭއެންމެހައި ފަރާތްތަކުން މިކަންކަމާމެދު ވިސްނާ ފިކުރުހިންގެވުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއްކަމުގައި ދެކެމެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ …

ޚިޔާލެއްދެއްވާ

avatar
wpDiscuz