ޔޫރޯގެތަށި މިފަހަރު އުފުލާލުން އެންމެގާތީ ޖަރުމަން

މިހާރު ޔުކުރޭނުގައި ޕޮލެންޑުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށިއުފުލާލުން އެންމެގާތީ މި މުބާރާތުގައި އާދަޔާޚިލާފް މޮޅުކުޅުމެއް ޓީމެއްގެ ގޮތުގައި ދަށްކަމުންގެންދާ ޖަރުމަން ޓީމެވެ.

އެވްރެޖު އުމުރުގެ ގޮތުން މުބާރާތުގައި ކުޅޭ އެންމެ ޒުވާންޓީމްގެ ލަޤަބު ލިބިފައިވާ ޖަރުމަން ޓީމަށް ބަލާއިރު އެޓީމްގެ ހުރިހާ ޑިޕާރޓްމަންޓެއްވެސް ފާހަނގަކުރެވެނީ ވަރަށް މޮޅު ބައެއްގެ ގޮތުގައެވެ. ޑިފެންސް ލައިނަށް ބެލިކަމުގައިވިޔަސް ، މިޑްފީލްޑް އަދި ފޯވާރޑް ލައިނަލަށް ބެލިކަމުގައިވިޔަސް ފެނިގެންދަނީ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެކެވެ.

މިފަހަރުގެ ޔޫރޯގައި ވާދަކުރަމުންގެންދާ ޖަރުމަންޓީމުން ފާހަނގަކުރެވޭ އެންމެ ޚާއްޞަ ސިފައަކީ ޓީމްވަންތަކަމަގެ ސިފަ އެންމެ ބޮޑަށް ފާހަނގަ ކުރެވިގެންދާ ޓީމެއްގެ ގޮތުގައި ޖަރުމަން ޓީމް ވާކަމެވެ.

ޖަރުމަން ޓީމް ސެމީގައި މިރޭ އިޓަލީއާއި ކުރިމަތިލާއިރު މިރޭގެ މެޗް ވެގެންދާނީ މި މުބާރާތުގައި ފެނިގެންދާނެ އެންމެ ހިތްގައިމު އެންމެ ނަލަ ފުޓްބޯޅަ އެއް ފެނިގެންދާނެ މެޗްކަމަށް ގިނަބަޔަކު ޤަބޫލް ކުރެއެވެ. ހަމަ މިއާއި އެކު ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި މިރޭގެ މެޗް ވެގެންދާނީ އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑާރ ޕިރްލޯ އާއި ޖަރުމަންޓީމްގެ ޒުވާން ހުނަރުވެރި މިޑްފީޅްޑަރ އޯޒިލް ގެ ކުރިމަތި ލުމަކަށެވެ.

ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި މިރޭގެ މެޗުން ޖަރުމަންޓީމަށް އިޓަލީ ބަލިކުރެވިއްޖެނަމަ ފައިނަލްގައި ސްޕޭން ބަލިކުރުމަކީ މާއުދަގޫ ކަމަކަށް ނުވާނެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރޯގެ ދެވަނަ ތައްޓާއިއެކު ސްޕޭން ތާރީޙްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްޙޫރު އިޓަލީ އާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެ އިޓަލީ ލަނދު …

ޚިޔާލެއްދެއްވާ

avatar
މިފަހަރުގެ ތަށި
މިފަހަރުގެ ތަށި

މިފަހަރުގެޔޫރޯ ތަށި ނަގާނީ ހަމަ ޖަރމަނީ … އެއްވެސް ޝައްކެއްނެތް.

wpDiscuz