ޔޫރޯގެ ދެވަނަ ތައްޓާއިއެކު ސްޕޭން ތާރީޙްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްޙޫރު އިޓަލީ އާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެ އިޓަލީ ލަނދު ގަންނުވަލުމަށްފަހު ދުނިޔޭގެ ޗެމްޕިއަން ސްޕޭން ފުޓްބޯޅައިގެ ތާރީހުން ޖާގަހޯދައިފިއެވެ.

ރޭގެ ނަތީޖާވެގެން ގޮސްފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލްގައި އެންމެބޮޑުތަފާތު ނަތީޖާއެއް ފެނިގެންދިޔަ ފައިނަލް ކަމުގައެވެ. ހަމަ މިއާއިއެކު ރޭގެ ތަށި އުފުލާލުމުން ސްޕޭންވެގެން ގޮސްފައިވަނީ ބޮޑުތިންމުބާރާތެއްގެ ތަށި ޖެހިޖެހިގެން ހޯދި ފުރަތަމަ ޓީމްކަމުގައެވެ. މިގޮތުން ސްޕޭނަކީ މި މުބާރާތުގެ ޑިފެންޑިންގ ޗެމްޕިއަންގެ އިތުރުން އެންމެފަހުގެ ވޯލްޑްކަޕްގެ ޗެމްޕިއަނުންވެސްމެއެވެ.  ހަމަ މިއާއިއެކު ކޮންފަޑަރޭޝަން ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންނަކީވެސް ހަމަ ސްޕޭނެވެ. މިއީ އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކަށް ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ.

ސްޕޭނުގެ މި ތާރީޙީ ކާމިޔާބީއާ އެކު ސްޕެއިނުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ އަށް ވަނީ ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކުރި ދެ ކޯޗުންގެ ތެރޭ ހިމެނިފަ އެވެ. މި ޝަރަފް ކުރިން ހޯދީ ހުޅަނގު ޖަރުމަނުގެ ހެލްމަޓް ޝޯން އެވެ. އަދި ޑެލް ބޮސްކޭ އަށް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ވޯލްޑް ކަޕް އަދި ޔޫރޯ ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ މަގާމު ލިބިފަ އެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެގެން ގޮސްފައިވަނީ މިފަހުގެ ތާރީޙްގައި ބޭއްވުނު އެންމެ ފޯރިގަދަ އެންމެވާދަވެރި ފުޓްބޯޅަ މުބާރާތްކަމުގައެވެ.

ފޮޓޯ: އޭއފްޕީ

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރޯގެތަށި މިފަހަރު އުފުލާލުން އެންމެގާތީ ޖަރުމަން

މިހާރު ޔުކުރޭނުގައި ޕޮލެންޑުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށިއުފުލާލުން އެންމެގާތީ މި މުބާރާތުގައި އާދަޔާޚިލާފް މޮޅުކުޅުމެއް ޓީމެއްގެ ގޮތުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz