ޔޫރޯބެލުމުގެ ތައްޔާރީތައް ލަންދޫގައި ފަށައިފި

މިމަހުގެ 8 ގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް އެންމެން އެއްތާކުތިބެ ބަލާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ލަންދޫގެ ޒުވާނުން މިއަދު ފަށައިފިއެވެ.

އެގޮތުން މިއަދު ނުވައެއްޖަހާއިރު ލަންދޫ ޒުވާނުން ނިކުމެވަނީ ވޭތުވެދި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބެލުމަށްޓަކައި ލިޔެސް ޖަމްޢިއްޔާއިން ތައްޔާރުކުރި ސްކްރީން މަރާމާތުކޮށް މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބެލުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުގައި ހަރުކޮށްފައެވެ. ހަމަ މިއާއިއެކު މިފަހަރުގެ މުބާރާތް ދިމާވަނީ ވިއްސާރަ މޫސުމަށް ވުމާއިއެކު ހިޔާކޮށްލުމަށްޓަކައި ދަނޑުގާތުގައި، ބޭނުންނުކޮށްހުންނަ ދެގޯލްވެސް މިހާރުވަނީ އެސަރަހައްދަށް ގެންގޮސްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިތަން ހިޔާކުރުމުގެ މަސައްކަތް ކުރާނީ މުބާރާތް ފެށެން ދެދުވަހަށް ގާތްވުމުންނެވެ. މިފަހަރުގެ ޔޫރޯ ބެލުމަށް ހަމަޖެހިފައިވަނީ ބާރަނަގޭ ކައިރީ ސަހަރާގެ ދޮރާދިމާލުން ބޮޑުމަގުގައެވެ.

މިފަހަކަށް އައިސް ލަންދޫ ޒުވާނުންނަކީ މިފަދަ ބޮޑަތި ފުޓްބޯޅަ މުބާރާތްތަކާއި ދުނިޔޭގެ މަޝްޙޫރު ލީގުތަކުގައި ކުޅެވޭ ވަރުގަދަ މެޗްތައް އެންމެން އެއްތާކަށް އެއްވެލައިތިބެ ޖޯޝާއި ފޯރީގައި ބަލަމުންގެންދާ ބައެކެވެ. މިގޮތުން އެންމެފަހުން ބޭއްވުނު ވޯލްޑްކަޕް ލަންދޫގެ 3 ސަރަހައްދެއްގައި ބޮޑުސްކްރީން ބަހައްޓައިގެން ބަލާފައިވެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރޯގެ ދެވަނަ ތައްޓާއިއެކު ސްޕޭން ތާރީޙްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްޙޫރު އިޓަލީ އާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެ އިޓަލީ ލަނދު …

ޚިޔާލެއްދެއްވާ

avatar
Anonymous
Anonymous

ލަންދޫ ރައީތުން ރޯދަމަހަށް ތައްޔާރުވުން މާ ބުއްދިވެރި.އެންމެން އެއްްތާކުތިބެގެން ތަރާވިސް ނަމާދު ކޮށްލެވޭ ގޮތައް މިސްކިތް ތައްޔާރު ކުރުން މާ މުހިންމު.

wpDiscuz