ޔާޔާ ޓޯރޭއަށް މަރުޙަބާ ކިޔަން ޖެހޭ

ދުނިޔޭގައި ފުޓްބޯޅަ ކުޅެވޭ ލީގުތަކުގެ ތެރެއިން އެންމެ މަޝްޙޫރު އެއްލީގަކީ އިގިރޭސި ވިލާތުގައި ކުޅެވޭ އިންގްލިޝް ޕްރެމިއާ ލީގެވެ. މިލީގުގައި ޖުމުލަ 68 ޤައުމެއްގެ ކުޅުންތެރިން ކުޅެމުންދާއިރު މީގެ ތެރޭގައި ތަފާތު ނަސްލުތަކުގެ ،  ތަފާތު ދީންތަކަށް އަޅުކަން ކުރަމުންގެންދާ ކުޅުންތެރިން ހިމެނެއެވެ.

މީގެތެރެއިން އެއްކުޅުންތެރިޔަކީ އައިވަރީ ކޯސްޓަށް އުފަން އުމުރުން 28 އަހަރުގެ ޔާޔާ ޓޯރޭއެވެ. މިކުޅުންތެރިޔާ މިއަދު ފާހަނގަ ކުރެވިގެން މިދަނީ ޕްރެމިއާ ލީގުގައި މުސްލިމުންގެ ނަން ދިރުވައިދިން ކުޅުންތެރިއެއްގެ ގޮތުގައެވެ.

އެހެނީ ޕްރެމިއާ ލީގުގައި ރޭ ނިއުކާސަލް އަތުން 2-0 އިން މެންޗެސްޓާ ސިޓީ މޮޅުވި މެޗަށް ފަހު ޔާޔާ ޓޯރޭ މޭން އޮފްދެ މެޗުގެ އިނާމް ގަބޫލު ނުކުރުމުން އެއިނާމް ބަދަލު ކުރަން ޕްރެމިއާ ލީގުން މިހާރުވަނީ ނިންމާފައެވެ.

ރޭގެ މެޗުގައި ސިޓީގެ ދެ ގޯލު ވެސް ޖަހައިދީ 40 އަހަރަށްފަހު ފުރަތަމަ ފަހަރަށް މެންޗެސްޓާރ ސިޓީއަށް ޕްރެމިއާރ ލީގުގެ ތަށި ހޯދުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުން މެޗުގެ މޭން އޮފް ދެމެޗަކަށް ހޮވުނު ޔާޔާ ޓޯރޭ މޭން އޮފް ދަ މެޗުގެ އިނާމް ގަބޫލުނުކުރީ އެއީ ޝެމްޕޭންފުޅި އަކަށްވީތީއެވެ. މިހެންވެ އޭނާ އެފުޅި ދިނީ ޓީމް މޭޓް ލެސްކޮޓަށެވެ.

“އަހަންނަކީ މުސްލިމެއް. އަލްކަހޯލް އަހަރުމެން ބޭނުންނުކުރަން،” ލެސްކޮޓްގާތު ޓޯރޭ ބުނިކަމަށް ވެއެވެ. މިހެންވެ ޕްރެމިއާ ލީގުން މިހާރުވަނީ ދީނީ ހިލާފުތަކާހުރެ އިނގިރޭސި ޕްރެމިއާ ލީގުގެ މޭން އޮފްދަ މެޗުގެ އިނާމް ބަދަލު ކުރަން ނިންމާފައެވެ.

ދުނިޔޭގައި ކުޅެވޭ އެންމެ މަޝްޙޫރު ފުޓްބޯޅަ ލީގެއްގައި މުސްލިމް ކުޅުންތެރިޔަކު މިދެއްކި ނަމޫނާ ބަލައިގަނެ އަޅުގަނޑުމެން ވެސް މިކުޅުންތެރިޔާއަށް މަރުޙަބާ ކިޔަން ޖެހެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ދޮންބެ
ދޮންބެ

ޔާޔާ ޓޯރޭއަށް މަރުޙަބާ

wpDiscuz