ޑޮކްޓަރަށް ނުދެއްކިގެން އެތައްބަޔަކު އަބުރާ ރަށަށް

ޑޮކްޓަރަށް ދެއްކުމަށްޓަކައި އިއްޔެ ( 31 މާރޗް 2012 ) ގައި ފެރީތަކުގައި ނ.އަތޮޅު ހޮސްޕިޓަލަށް ދިޔަ ނ.އަތޮޅުގެ އެތައް ރައްޔިތުންނެއް ޑޮކްޓަރަށް ނުދެއްކިގެން އަބުރާ ރަށަށް އަންނަން ޖެހިއްޖެއެވެ.

ފެރީގެ ނިޒާމުން ދަތުރުފަތުރުގެ އިންތިޒާމް ހަމަޖެހުމާއި ގުޅިގެން ދުވާލެއްގެ މައްޗަށް އެތައްބަޔަކު ޑޮކްޓަރަށް ދެއްކުމަށްޓަކައި  މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރަމުން ދެއެވެ. ޚާއްޞަކޮށް ސްކޫލް ބަންދު ދުވަސް ކަމުގައިވާ ހޮނިހިރު ދުވަހު އަތޮޅު ހޮސްޕިޓަލްގައި ޑޮކްޓަރަށް ދެއްކުމަށްޓަކައި ދިގު ކިއޫއެއް ހެދެމުންދާކަމަށް މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުގައި ތިއްބަވާ ކުދިން މަޢުލޫމާތު ދެއްވައެވެ.

މިހާރު ފެރީތަކުގެ ދަތުރުތައް ހަމަޖެހިފައިވާ ގޮތުން އަތޮޅުތަކުގެ ރަށްރަށުން މަނަދޫއަށްދާ މީހުންނަށް ޑޮކްޓަރަށް ދައްކާލުމަށް ލިބެނީ މަދުވަގުތު ކޮޅެއްކަމަށް ްވާއިރު މީގެ ތެރެއިން ގިނަ މީހުންނަކީ ތަފާތު ޓެސްޓްތައް ހަނދާ އެޓެސްޓްތަކުގެ ނަތީޖާ ނުވަތަ ރިޕޯރޓްތައް ދެއްކުމަށްޓަކައި ދެފަހަށް ޑޮކްޓަރަށް ދައްކަންޖެހޭ ފަރާތްތަކެވެ.

މިހެންވުމާއި އެކު އަތޮޅުގެ ރަށްތަކުން އާއްމުބަލިތަކާއި ބެހޭ ޑޮކްޓަރަށާއި ، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަށާއި އަދި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަށް ދެއްކުމަށްޓަކައި އަތޮޅު ހޮސްޕިޓަލަށް ދާ ގިނަބަޔަކު ފެރީނައްޓާލާ ވަގުތު ޖެހެންދެކެން މަޑުކޮށްގެން ތިބެންޖެހެނީ ހޮސްޕިޓަލްގައެވެ. މިހާގިނަ ވަގުތު ހޮސްޕިޓަލްގައި މަޑުކުރުމަށްފަހު ޑޮކްޓަރަށް ނުދައްކާ އަންނަން ޖެހުމުން ގިނަބަޔަކުވަނީ ހިތްހަމަ ނުޖެހުންފާޅު ކޮށްފައެވެ. ޑޮކްޓަރަށް ނުދައްކާ އަންނަން ޖެހުނު މީހުންގެ ތެރޭގައި އަތޮޅުގެ ތަފާތު ދާޢިރާތަކަށް ނިސްބަތްވާ ރަށްރަށުގެ ރައްޔިތުންވެސް ހިމެނެއެވެ.

މިގޮތައް ޑޮކްޓަރަށް ނުދައްކާ އަންނަން ޖެހުން ނ.ހޮޅުދޫގެ އަންހެނަކު ޝައްކު ކުރި ގޮތުގައި މިހާރަކަށް އައިސް ކޮންމެ ހޮނިހިރު ދުވަހަކާއި ދިމާކޮށް މަނަދޫ މީހުން ހުންނަނީ އެޑްވާންސްކޮށް ކިޔޫ ނަމްބަރުތައް ނަގާފައެވެ. ނަމަވެސް މިކަންތައް ހޮސްޕިޓަލްގެ ކައުންޓަރުގައި ތިއްބެވި ކުދިން ވަނީ ދޮގުކޮށްފައެވެ. މިކަމާއި ގުޅިގެން އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަލްފާޟިލް ފަރުޙާދު ހުސެއިން މަޢުލޫމާތު ދެއްވިގޮތުގައި މަނަދޫގެ ރައްޔިތުންނަކީ ޑޮކްޓަރަށް ދެއްކުމުގައި އަތޮޅުގެ އެހެން ރައްޔިތުންނަށް ވަރަށް އިޙްތިރާމް ކުރައްވާ ރައްޔިތުން ތަކެއް ކަމުގައެވެ. ” މަނަދޫ މީހުން ޢާއްމުކޮށް ޑޮކްޓަރަށް ދައްކަން އަންނާނީވެސް މެންދުރުފަހު 1:30 ގެ ފަހުން ، މަނަދޫ މީހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ހޮސްޕިޓަލަށް ލިބެމުންދޭ ، އަދި މަނަދޫ މީހުންނަކީ އަތޮޅުގެ އެހެންރަށްރަށުން ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންނަށް ވަރަށް އިޚްތިރާމްކުރާބައެއް” ފަރުހާދު އިތުރަށް ސާފްކޮށްދެއްވިއެވެ.

ޑޮކްޓަރަށް ދައްކެމަށް އަންނަ މީހުންނަށް ޑޮކްޓަރަށް ނުދެއްކި ދާންޖެހޭ މައްސަލަޢާއި ގުޅޭގޮތުން ފަރުހާދު ވިދާޅުވީ އަންހެނުންނާއި ބެހޭ ޑޮކްޓަރަށް ދެއްކުމުގައި ކޮންމެ ދުވަހަކުވެސް ބޮޑު ކިޔޫއެއް އޮތްކަމުގައި ވިޔަސް ޢާއްމު ބަލިތަކަށް ފަރުވާ ހޯއްދެވުމަށް އަންނަފަރާތްތަކަށް ޑޮކްޓަރަށް ނުދެއްކި ދާންޖެހޭކަން މިހާތަނަށް އެގިފައި ނުވާކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އިއްޔެވެގެން ދިޔަފަދަގޮތެއް ވެގެން ނުދާނެގޮތަކަށް ކަންތަތައް ހަމަޖައްސަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމުގައެވެ.

އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި މަނަދޫ އަށް ދާއިރު މިދުވަހަށް އެއް ޑޮކްޓަރުގެ ބަދަލްގައި އިތުރު ޑޮކްޓަރެއް ޑިޔުޓީއަށް ނެރެވިއްޖެ ކަމަށްވާނަމަ އަތޮޅުރައްޔިތުންގެ ތެރެއިން ބޮޑަތި ތަކުލީފްތައް އުފުލައިގެން ހޮސްޕިޓަލްގެ ޚިދުމަތް ލިބިގަތުމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތައް ޙިދުމަތް ނުލިބި އަންނާކަން ނުޖެހޭނެއެވެ.

މިފަހަކަށް އައިސް ނ.އަތޮޅު ހޮސްޕިޓަލްގެ ގިނަ ކަންތައްތައް ތަކަކަށް އެދެވޭ ހެޔޮ ބަދަލެއް އައިސްފައިވާއިރު މިކަންތަކަށްވެސް އަވަސް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމަށް ގިނަބަޔަކު އުއްމީދުކުރެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
kamana
kamana

ޑޮކުޓަރައް ނުދެއްކިގެން ދާކައްނުޖެހޭނެ

ފަރުހާދު ހުސައިން ސާމަރާގެ/ ނ.ލަންދޫ
ފަރުހާދު ހުސައިން ސާމަރާގެ/ ނ.ލަންދޫ

ލިޔުން ވަރަށް ރަނގަޅު.. އިރާދަކުރެއްވިއްޔާ މިގޮތަށް މިކަން ނުދާނެ ހުރިހާ ގޮތަކަށް ނ.ހޮސްޕިޓަލް މީގެ ފަހަށް ތައްޔާރު ވާނެ ކަމުގައި ދަންނަވަން. ހާއްސަކޮށް ހޮނިހިރު ދުވަހު މިފަދަ ދަތިތަށް ދިމާނުވާނެ ހުރިހާ އިންތިޒާމެއް އަޅުގަނޑުމެން ގާއިމް ކުރާނެ ވާހަކަ ނ.އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ދަންނަވަން.އަދި މި ލިޔުމަށް މައުލޫމާތު ދެއްވި ހޮޅުދޫ މީހާއަށް އަޅުގަނޑު ދަންނަވާލަން މަނަދޫގެ ރައްޔިތުންނާ މެދު އަދި އެއްފަހަރު ހަމަހިމޭންވެ ވިސްނާލުމަށް.މަނަދޫގެ ރައްޔިތުންނަކީ ތިބޭފުޅާ ތި ސައްކުކުރައްވާ ވަރަށް ވުރެ މާ އިހުލާސްތެރި ހިތްހެޔޮ ބައެއް.އަމިއްލަ އެދުމެއްނެތި ވެދުމަކަށް ފެރީގެ ވަގުތުތަށް އަތޮޅުގެ އެހެން ރައްޔިތުންނަށް ހަދިޔާ ކުރާބައެއް.ގަބޫލް ފުޅު ކުރަން ދަތިފުޅުނަމަ ނުވަތަ ޔަގީން ކޮއްލަން ބޭނުންނަމަ ފާއިތުވެ ދިޔަ 03 މަސް ދުވަހު ހެނދުނު 10:00 ން މެންދުރުފަހު 01:30 ށް މި ހޮސްޕިޓަލުން ބެލުނު ބަލިމީހުންގެ ރިޕޯޓެއްވެސް ރަސްމީކޮށް ވަޑައިގަތުމުން ލިބިދާނެކަމުގައި ދަންނަވަން.

mohamma
mohamma

konme Saturday ah Haassa inthizaam thaken hamajassaiy dhevinje nama mikanthah hallu vedhaanekamah fenay.

bismalhibe
bismalhibe

mee v rangalhu liumeh mi liumugaa atholhu hopital rangalhu kuran v gina kan ththah thah eba huri unmeedhu kuranee ekan kan rangalhuvegen dhaane kamah shukuriyyaa

wpDiscuz