ސްޓީވް ޖޮބްސް އެންޑްރޮއިޑާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރި

ސްޓީވް ޖޮބްސް

 އެޕަލްގެ އައިފޯނާ ވާދަކުރަމުންދާ ގޫގުލްގެ އެންޑްރޮއިޑް ފޯން އުފެއްދުން ހުއްޓުވުމަށް އެޕަލް ކުންފުނީގެ ހުރިހާ ފައިސާއެއް ހަރަދު ކުރާނެ ކަމަށާއި އެންމެ ފަހު ނޭވާއާ ހަމަ އަށް ވެސް އެންޑްރޮއިޑާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް އެޕަލްގެ ބާނީ ސްޓީވް ޖޮބްސް ވައުދުވެފައިވާ ކަން ހާމަ ވެއްޖެ އެވެ.

ޖޮބްސްގެ އޮތޮރައިޑް ބަޔޯގްރަފީގައިވާ ގޮތުން އެންޑްރޮއިޑް ފޯން އުފައްދާފައި ވަނީ އައިފޯންގެ ޓެކްނޮލޮޖީ ވަގަށް ނަގައިގެންނެވެ. އެހެންވެ އެންޑްރޮޑަށް އޭނާ ދީފައިވާ ނަމަކީ “ގްރޭންޑް ތެފްޓް އެންޑްރޮއިޑް” އެވެ. އަދި އެންޑްރޮއިޑާ ދެކޮޅަށް “ތާމޯ ނިއުކްލިއަރަ” ހަނގުރާމައެއް ކުރުމަށް ޖޮބްސް ވަނީ ވައުދުވެފަ އެވެ.

“މިނުބައި ހަމައަކަށް އަޅުވަން ބޭންކްގައިވާ އެޕަލް ކުންފުނީގެ 40 ބިލިޔަން ޑޮލަރު ހަރަދު ކުރާނަން އަދި އަހަރެންގެ އެންމެ ފަހު ނޭވާއާ ހަމައަށް އެކަމަށް މަސައްކަތް ކުރާނަން” ޖޮބްސް ބުނި ކަމަށް އޭނާގެ ބަޔޮގްރަފީގައިވެ އެވެ. ޖޮބްސްއާ ގޫގުލްގެ ކުރީގެ ސީއީއޯ އެރިކް ޝްމިޑްޓްއާ ދެމެދުއާ ދެމެދު އޮތް ގުޅުން ވެސް ވަނީ ޖޮބްސްގެ ބަޔޮގްރަފީގައި ހާމަކޮށްފައިވެ އެވެ.

އައިފޯންގައި ހިމެނޭ ގިނަ ސިފަތަކަކާ އެކު ގޫގުލް އިން 2010 ވަނަ އަހަރު އެންޑްރޮއޮޑް ފޯން ތައާރަފް ކުރުމުން ޖޮބްސް ވަރަށް ރުޅިއައި ކަމަށް އޭނާގެ ބަޔޯ ގްރަފީގައިވެ އެވެ.

އަދި އެ މައްސަލާގައި ގޫގުލްއާ ދެކޮޅަށް އެޕަލްއިން ދައުވާކޮށްގެން އުޅުނު އިރު ޖޮބްސްއާއި ޝްމިޑްޓް ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ޝައުގުވެރިކަން ނެތްކަމަށް ޖޮބްސް ބުނެފައިވެ އެވެ.

“އަހަރެން ކަލޭގެ ފައިސާއެއް ބޭނުމެއް ނޫން. ކަލޭ އަހަރެންނަށް ފަސް ބިލިޔަން ޑޮލަރު ދޭން ބުނި ކަމަށް ވިޔަސް އަހަރެން އެފައިސާ ބޭނުމެއް ނުވާނެ. އަހަރެން އަތުގައި ވަރަށް ގިނަ ފައިސާ އެބަހުރި. އަހަރެން ބޭނުންވާ ކަމަކީ އަހަރެމެންގެ އައިޑީއާ ބޭނުން ކުރުން ކަލޭމެން ހުއްޓާލުން. އަހަރެން ބޭނުންވާހާ ވެސް ކަމަކީ އެއީ،” ޝްމިޑްޓްއާ ބައްދަލުކޮށް ޖިބްސް ބުނި ކަމަށް އޭނާގެ ބަޔޮގްރަފީގައިވެ އެވެ. ( ޑެއިލީމެއިލް)

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ …

ޚިޔާލެއްދެއްވާ

avatar
wpDiscuz