ސެންޓްރަލް މެޑިކަލް ސެންޓަރާއި ސެންޓަރަލް ކްލިނިކުން އާސަންދަ މެދުކަނޑާލުމަށް ހެލްތް މިނިސްޓްރީން އަންގައިފި.

އާސަންދައިގެ ޚިދުމަތް ދެމުން އައި ސެންޓްރަލް މެޑިކަލް ސެންޓަރާއި ސެންޓަރަލް ކްލިނިކުންވެސް އެ ޚިދުމަތް މެދުކަނޑާލުމަށް ހެލްތް މިނިސްޓްރީން އާސަންދައަށް އަންގައިފިއެވެ.

އާސަންދައިގެ ފަރާތުން މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖަރ އަހުމަދު ޝާބިގު މިއަދު ވިދާޅުވީ، ސެންޓްރަލް މެޑިކަލް ސެންޓަރާ ސެންޓްރަލް ކުލިނިކުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލުމަށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހެލްތް މިނިސްޓްރީން އެދިފައިވާ ކަމަށާއި އެހެން ކަމުން އެކަން އެގޮތަށް ކުރެވޭތޯ ބަލަމުން ގެންދާ ކަމަށް ވެސް ޝާބިގު ވިދާޅުވިއެވެ. ސެންޓްރަލް ކްލިނިކްތަކުން އާސަންދަ މެދުކަނޑާލުމަށް ހެލްތް މިނިސްޓްރީން އަނގާފައިވީ ނަމަވެސް ވަގުތުން އެކަން ނުކުރެވޭނެ ކަމަށާ އެކަން ކުރުމުގައި ބަލަން ޖެހޭ ޤާނުނީ ކަންތައްތައްކެއް ހުރި ކަމަށް ޝާބިގު ވިދާޅުވިއެވެ. އާސަންދައިގެ ޚިދުމަތް މެދުކަނޑާލުމުގައި އެފަރާތްތަކާ އެކު ހަދާފައިވާ އެގްރިމެންޓަށް ރިއާޔަތް ކުރާނެ ކަމަށާ، އެފަރާތްތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް ވެސް ޝާބިގް ވިދާޅުވިއެވެ.

އާސަންދައިގެ ޚިދުމަތް ދެމުން އައި ސެންޓްރަލް މެޑިކަލް ސެންޓަރާ، ސެންޓްރަލް ކްލިނިކުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލުމަށް ހެލްތް މިނިސްޓްރީން އަނގާފައިވާ އިރު، އާސަންދައިގެ ދަށުން ސިއްޚީ ޚިދުމަތް ދިނުން އެހެން ކްލިނިކްތަކަށް ދީފައިނުވާތީ އޭސީސީން ވެސްދަނީ އެމައްސަލަ ބަލަމުންނެވެ. އަދި އާސަންދައިގެ ޚިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން އަންނަ މޭމަހުގެ ފަނަރަވަނަ ދުވަހުން ފެށިގެން ސިއްޚީ ޚިދުމަތްދޭ ހުރިހާ ކްލިނިކްތަކަކަށް ވެސް އާސަންދައިގެ ދަށުން ބޭސްފަރުވާގެ ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ވެސްވަނީ ނިންމާފައެވެ. އާސަންދައިގެ ޚިދުމަތް ދެމުން އައި ސެންޓްރަލް ކްލިނިކްގެ ދެ ސެންޓަރުން އެޚިދުމަތް މެދުކަނޑާލުމަށް ހެލްތް މިނިސްޓްރީން އާސަންދައިގައި އެދިފައިމިވަނީ ކްލިނިކުތައް ހިންގާ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމެއްގައި އެކަން ކޮށް ދިނުމަށް އެހެނިހެން ކްލިނިކުތަކުން އެދިފައިވަނިކޮށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
wpDiscuz