ސުލްހަވެރިކަމާއިއެކު ކަންކަން ހާސިލް ކުރުމަށް ނަޝީދަށް ޤައުމީޕާޓީން ގޮވާލައިފި

ސިޔާސީ ގޮތުން ހުރި ޚިޔާލްތަފާތުވުންތައް ހައްލުކުރުމަށް މާރާމާރީއާއި، ގޮއްމުށުގެ ބާރު އިހްތިޔާރު ކުރުމުގެ ބަދަލުގައި ގާނޫނު އަސާސީއާއި ގާނޫނުތަކުން ހުޅުވައިދީފައިވާ ރިވެތި އުސޫލްތަކާއި ފުރުސަތުތަކުގެ ބޭނުން ހިއްޕެވުމަށް ގައުމީ ޕާޓީން ކުރީގެ ރައީސް ނަޝީދަށް ގޮވާލައިފިއެވެ.

ފުލުންނާއި ދިމާކޮށް ފުލުހުންގެގައިގައި ތެޅުމަށް ނަޝީދު ހިއްވަރު ދެއްވާފައިވާ އޯޑިޔޯއާއި ގުޅިގެން ގައުމީ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ރާއްޖޭގެ ސަމާލަމަތީ ބާރުތަކާއި ކުރިމަތިލައި އެފަރާތްތަކަށް އަނިޔާކުރުމަށް ގޮވާލެއްވި ގޮވާލެއްވުމަކީ ވަރަށް ދަށުދަރަޖައިގެ ނާތަހުޒީބީ އަމަމަލެއްކަމަށެވެ. އަދިމައްސަލަޔަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ނަޝީދާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅައި އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ގައުމީ ޕާޓީން ގޮވާލާފައިވެއެވެ.

އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަންނަ ކަމަށްބުނެ ބަރަކާތްތެރި ރަަމަޟާން މަހުގެ ހުރުމަތް ކަޑާލައި، މިސްކިތްތަކުގެ ދޮށުގައާއި، އާންމު ރައްޔިތުންނަށް އުނދަގޫވާނޭހެން މަގުތަކަށް ނުކުމެ ހަމަޖެހުން ނަގާލައި ހިންގަމުންދާ ކަންތައްތަކަކީ އިސްލާމްދީނާއި، ދިވެހިންގެ ވަހުދަތުދެކެ ލޯބިވާމީހަކު ކުރާނޭ ކަންތައްތަކެއް ނޫންކަމަށްވެސް ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަނިޔާވެރިކަމާއި، އަނިޔާކުރުމުގެ ސިޔާސަތުތަކަކީ ދިވެހިރައްޔިޔުން ގަބޫލް ކުރާނޭ ކަންތައްތަކަކަށް ނުވާއިރު ނަޝީދު ރައްޖޭގެ ރައްޔިތުންތަކަކަށް އަނިޔާކުރުމަށް ގޮވާލި މައްސަލަ ނުބަލައިފިނަމަ މިކަމުގެ ނުރައްކާތެރިކަން ދިގުދެމިގެން ހިގައިދޭކަމުގެ ބިރުވެސް އޮތްކަމަށް ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައިވޭ. ނަޝީދާއި، މާރިޔާއާއި ދެމެދު ދެކެވިފައިވާ މިވާހަކަ ތަކުގައި ނަޝީދުވަނީ ފުލުހުންގެ ގައިގައި ތަޅައި އަދި އެކަން ކުރާނޭ ބަޔަކު ހޯދުމަށްވެސް މާރިޔާއަށް ލަފާދެއްވާފައެވެ.

ކުރީގެ ރައީސް ނަޝީދުގެ މި އޯޑިއޯއާއި ގުޅޭގޮތުން އަދާލަތް ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ދައުލަތުގެ ބާރުކަނޑުވާލައި، ރައްޔިތުންގެ މަސްލަހަތު ނަގާލުމަށް ނަޝީދު ހިންގަވަމުންދާ އަމަލުތަކުގެ ތެރެއިން ހިންގެވި ވަރަށް ފިނޑި އަމަލެއްކަމަށެވެ. ނަޝީދަކީ ޓެރަރިސްޓް ހަރަކާތްތަކަށް ހިއްވަރުދީ އެފަދަ ކަންކަން ކުރުމަށް ބޭނުންވާ މީހެއްކަން ހާމަވެ، އޭނާޔަކީ ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ މީހެއް ނޫންކަން ހާމަވާކަމަށް އަދާލް ޕާޓީން ބުނެފައިވެއެވެ.

އަދާލަތް ޕާޓީންވަނީ ނަޝީދުގެ މި އަމަލު ގަނޫނީ އިމުގެ ތެރެއިން ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz