ސީމެގް އިން ރާއްޖެ އަދި ނުނަގާކަމަށް އެމްޑީޕީން ބުނެފި.

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާއިން ރާއްޖެ އަދި ނަގާފައި ނުވާ ކަމަށާއި، އަދިވެސް ސީމެގުން ރާއްޖޭގެ ޚާރިޖީ ކަންކަމާއި، ސިޔާސީ އެންމެހައި ކަންކަން ވަރަށްކައިރިން ބަލަމުން އަންނަކަމަށް އެމްޑީޕީން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ޚަބަރު ގަޑީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ސީމެގުން ރާއްޖެ ނަގައިފިކަމަށް ދެކެވޭ ވާހަކަތަކަކީ ހުސްދޮގުކަމަށެވެ. އެބޭފުޅާ މިކަން ކަށަވަރު ކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސީމެގުން ރާއްޖެ ނުނަގާކަން ކެނެޑާގެ  ޚާރުޖީ ވަޒީރު ނެރުއްވާފައިވާ ބަޔާނުންވެސް ވަރަށް ރަގަޅަށް ދޭހަވާކަމަށެވެ. ނަސީމް ވިދާޅުވީ ކެނެޑާއިން ސީމެގުގެ އެޖެންޑާއިން ރާއްޖެނެގުމަށް އެހެންޤައުމުތަކާއެކު މަސައްކަތްކުރި ކަމަށާއި، އެހެންންނަމަވެސް ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރުން ކަންކަން ކުރަމުންދަނީ ވަރަށްބޮޑަށް ބޭއިންސާފުން ކަމަށްވާތީ އެކަންކަން ހިނގާނުހިގާ ގޮތް ސީމެގުން ވަރަށްކައިރިން ބަލަމުން ގެންދާނެކަމަށް އެބަޔާނުގައި ވާކަމަށެވެ.

ނަސީމް މިހެން ވިދާޅުވާއިރު ސަރުކާރުން ބުނަމުން ގެންދަނީ ސީމެގުން މިހާރުވަނީ ރާއްޖެ ނަގާފައި ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކު ރޭ ވަނީ މުޅިޤައުމާ މުޚާތަބު ކުރައްވާ އެކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާފައެވެ.

މިކަމާގުޅޭގޮތުން ޑރ. ފަރަހަނާޒު ވިދާޅުވީ ސީމެގުގެ އެޖެންޑާއިން ރާއްޖެނުނަގާ ކަމަށާއި، ސީމެގުން އެއްބަސްވެފައިވަނީ އެޖެންޑާގެ ވަކި އައިޓަމެއްގެ ގޮތުގައި ރާއްޖެ ނުބޭއްވުމަށް ކަމަށެވެ. ފަރަހަނާޒު އިތުރަށް ވިދާޅުވީ އޭގެ މާނައަކީ ދިވެހިރާއްޖެ އާއި މެދު ސީމެގުން އަޅައިނުލައި ދޫކޮށްލާނެވާހަކަ ނޫންކަމަށެވެ. ރާއްޖޭގެ އެތެރޭގެ ކަންކަން ޚާއްޞާކޮށް ސިޔާސީ ގޮތުން ހިންގާ ބޮޑެތި ޖަރީމާތަށް ވަރަށްކައިރިން އެމީހުން ބަލާގޮތަށް އެއްބަސް ވެފައިވާކަމަށްވެސް ރާއްޖެޓީވީއަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި މިރޭ ފަރަހަނާޒު ވިދާޅުވިއެވެ.

އެއްކަމެއްގައިވެސް އެކިބޭފުޅުން އެކި ގޮތްގޮތަށް މާނަނެންގެވިނަމަވެސް ޙަޤީޤަތްވާނީ ޙަޤީޤަތަށެެވެ. ފެބުރުއަރީ 6،7 ގައި ހިނގި ކަންކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ނަން ސީމެގުގެ އެޖެންޑާގައި ހިމެނިފައިވިޔަސް އަދި މިހާތަނަށް އެފަރާތުން ރާއްޖެއާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
ޅޮހީއަހުމަދު
ޅޮހީއަހުމަދު

އޭ ބެއްޔާ އެނގޭތަ! ސީމެގުން އެޖެންޑާ އަތްބަނާފައި ނަގަން އުޅުމުން މިކޮޅުންވަނީ އެއްބަސް ނުވެފައި.

ބެއްޔާ
ބެއްޔާ

ތި އެމްޑީޕީމީހުން ކިޔާފާނެ ކޮންމެ ފަދަ އެއްޗެއްވެސް . ނިކަން ވިސްނަވާ. މިހާރު އެމީހުންގެ ޕާޓީން އެއޮތީ ނިންމާފަ. ކޯޓްތައް ބޮއިކޮޓް ކުރުމަށް .. ރައިސް ނަޝީދުގެ ދިފާއުގަ ޔޯ

wpDiscuz