ސިޔާސީ މައްސަލަ ހައްލުކުރުމަށް ރާޖަޕަކްސަ މެދުވެރިއެއްގެ ބައި އަދާ ކުރައްވަނީ

ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުން އަރައިގަތުމަށްޓަކައި ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސޭ ބައިވެރިވެވަޑައިގެން އެމަނިކުފާން މެދުވެރިއެއްގެ ދައުރު އަދާކުރައްވައި މަސައްކަތް ތަކެއް ކުރައްވާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ލަންކާއަކީ އަބަދުވެސް ރާއްޖެއަށް ވެދެވެން އޮތް ހުރިހާ އެހީއެއް ވެދިނުމަށް ތައްޔާރަށް އޮންނަ ގައުމެއް ކަމަށާއި އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި ލަންކާގެ ރައީސް މެދުވެރިއެއްގެ ރޯލް އަދާކުރައްވައި މަސައްކަތް ތަކެއް ކުރައްވާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން އަދި އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަބަދުވެސް މަޝްވަރާގެ މޭޒުން ކަންކަން ނިންމުމަށް މިސަރުކާރުން އިސްކަން ދެއްވާނެކަމަށެވެ.

ރައީސް ވަހީދު ލަންކާއަށް ކުރައްވާ ތިންދުވަހުގެ ރަސްމީ ދަތުރުފުޅާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ލަންކާއަށް ކުރައްވާ މިދަތުފުޅުގައި ލަންކާގެ ރައީސާއި، ސީނިއަރ ބައެއް ވަޒީރުންނާއި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާނެކަމަށެވެ. އަދި މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ޓުއަރިޒަމަށް އަލަން ހުޅުވާލުމަށް ހަމެޖެހިފައިވާ ސާދަ ރަށާއި ބެހޭގޮތުން ވިޔަފާރިވެރިންނަށް މައުލޫމާތު ދެއްވައި، ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މަޝްވަރާކުރައްވާނެކަމަށެވެ.

ސޯސް: ދިޓިވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz