ސިޔާސީ ހަރަކާތްތަކުގެ ނޭދެވޭ އަސަރު ކިޔަވާކުދިންނަށް

މިއަދު ދިވެހިރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމުގެ އަސަރު މިދަނީ މުޅި މުޖުތަމަޢުއަށް ފޯރަމުންނެވެ. ޙާއްޞަކޮށް އަދުގެ ކިޔަވާ ކުދިންނަށް މިކަމުގެ ސަބަބުން ކުރާނޭދެވޭ އަސަރު އެތައްތަނަކުން މިވަނީ އިތުރުވެފައެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހް ހަލަބޮލިވެފައި މިވާ ދުވަސްވަރަކީ މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިރަނގަޅަށް ކިޔަވައި ނުގެނެވިވާ ދުވަސްކޮޅެއްކަމުން ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށް މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް މީގެ އަސަރު އެތައްތަނަކުން އިތުރުވާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިއަދުވެސް ބައެއް ސްކޫލްތަކުގެ އިސްވެރިން ފާހަގަ ކުރައްވާ ގޮތުގައި އެސްކޫލްތަކަށް ކިޔަވަންދާ ދަރިވަރުންގެ ތެރެއިން ބައެއްކުދިން ކިޔަވަން ސްމާލްކަން ދިނުމުގެ ބަދަލްގައި އެކުދިންގެ ސަމާލްކަން ހުއްޓިފައިވަނީ ރާއްޖޭގައި މިއަދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށެވެ. މިގޮތުން ބައެއްކުދިން އެކުދިން ކިޔަވާ ގަޑީގައި ސިޔަސީ ވާހަކަ ދެއްކުން އިތުރުވެ ފިލާވަޅަށް ދޭ ސަމާލްކަން ވަނީ ކުޑަވެފައެވެ.

” ބައެއް ކްލާސްތަކުގައި ސިޔާސީވާހަކަ ދައްކާވަރުން މިއަދުވެސް ބިދޭސީ ބައެއްޓީޗަރުން އެޓީޗަރުންނަށް ގަޑި ކުރިއަށް ނުގެންދެވިގެން ކްލާހަށް ގޮއްސަ އެބުރި އަންނަންޖެހުނު ” މާލޭގެ ސްކޫލެއްގައި މަސައްކަތް ކުރައްވާ އިސްވެރިޔަކު ނަންނުޖެހުމަށް ޝަރުތުކޮށް ބުނުއްވިއެވެ.

ސްކޫލްތަކުގެ ދަށް ގްރޭޑްތަކުގައި ކިޔަވަމުންގެންދާ ބައެއްދަރިވަރުންގެ ފަރާތުންވެސް ސިޔާސީ ބައެއްވާހަކަތައް އަޑުއިވެމުންދާކަމީ މިއަދު އެކްލާސްތަކަށް ކިޔަވައިދެއްވަން ދުރުވާ ގިނަ ޓީޗަރުން ފާހަގަކުރައްވާ ކަންތައްތަކެވެ. ” ދޮންކުލައިގެ އެއްޗެއް ފެނިއްޖެނަމަ އެ އެެއްޗެއްވާނީ އައްނިގެ އެއްޗަކަށް ހަމަ އެހެންމެ ނޫކުލައިގެ އެއްޗެއް ފެނިއްޖެނަމަ އެއްއެއްޗެއްވާނީ މައުމޫނުގެ އެއްޗަކަށް ” ރާއްޖޭގެ އެންމެބޮޑު ދެޕާރޓީ ކަމުގައިވާ އެމްޑީޕީ އާއި ޑީއާރްޕީ ގެ ކުލަ ކުދިން ދެނެގެންފައިވާ މިންވަރު ފާހަގަ ކުރައްވަމުން ގްރޭޑް 1 ގެ ކްލާސްޓީޗަރަކު ހާމަކުރެއްވިއެވެ.

ޙަޤީގަތުގައި ކިޔަވާ ތުއްތުކުދިންގެ މެދުގައި މިފަހަކަށް އައިސް ސިޔާސީ ވާހަކަ ގިނަވެ އެކުދިންގެ ކިޔެވުން ދަށްވާން ދިމާވުމުގެ އަސްލަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމެވެ. ހަމައެހެންމެ އަޅުގަނޑުމެންގެ ގޭގޭ ، ގައްޔާއި އަދި ކުޑަކުދިންނާއިއެކު ބޮޑަތި މީހުންވާ ، ތަންނަތަނުގައި ސިޔާސީ ވާހަކަތައް ދެކެވޭލެއް ގިނަވުމެވެ.

ކިތައްމެ ސިޔާސީ ވިޔަސް އަޅުގަނޑުމެން އަޅުގަނޑުމެންގެ ތުއްތު ދަރިންނާއިމެދު ސަމާލްވެ ވީހާބޮޑަކަށް މުޖުތަމަޢުގައި ހިނގާ ނޭދެވޭކަންތައްތަކުން އެކުދިން ރައްކާތެރި ކުރެވެތޯ ބަލަންޖެހެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz