ސިޔާސީގޮތުން ވަރުގަދަ ރައްދެއް ޢުމަރު، ތަސްމީނަށްދެއްވައިފި.

ދިވެހިރައްޔިތުންގެ ޕާޓީ ( ޑީއާރުޕީ ) ގެ ފަރާތުން އެންމެފަހުން ބޭއްވި ޢާއްމު ޖަލްސާގައި އެޕާޓީދެކެ ޕީޕީއެމް އާއި އެމްޑީޕީވެސް ބިރުގަންނާނެކަމަށް ވިދާޅުވެ ތަސްމީނު އެދެޕާޓީގެ ލީޑަރޝިޕަށް ފާޑުވިދާޅުވެފައިވަނިިކޮށް އޭގެ ރައްދު ޢުމަރު ދެއްވައިފިއެވެ.

ޢުމަރު ވިދާޅުވީ ޑީއާރުޕީދެކެ ޕީޕީއެމާއި، ދިވެހި ރައްޔިތުން ޖެހިލުންވަނީ، ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ދައްކަންޖެހޭ ލޯންތައް ނުދައްކައި ހުރުމުން އެކަމުން ދިވެހި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމުގައި ކަމަށެވެ.

ޑީއާރުޕީއަކީ މިވަގުތު ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ތާއީދުކުރާ ސިޔާސަތެއް އޮތް ޕާޓީކަމަށާއި، އަދި ޕީޕީއެމާއި، އެމްޑީޕީން ޑީއާރުޕީއަށް ފާޑުކިޔަމުންދަނީ ޑީއާރުޕީދެކެ ޖެހިލުންވާތީކަމަށް ވިދާޅުވެ ޑީއާރްޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ޑީއާރުޕީއަކީ ކިހާވަރެއްގެ ޕާޓީއެއްކަން އެޕާޓީން ބާއްވަމުންދާ ޖަލްސާތަކުން ހާމަވަމުންދާކަމަށެވެ.

އުމަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ފިކުރާއި، ވިސްނުން ހުރި ގޮތުން ރައްޔިތުންގެ ތާއީދު އޮތީ ކޮން ދެ ފިކުރަކަށްކަން މިހާރު ވަރަށް ރަނގަޅަށް ސާފުވެފައިވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ތިން ޕްރޮޖެކްޓަކަށް ތަސްމީން ނަންގަވާފައިވާ ފައްސަތޭކަ ތޭވީސް މިލިއަން ރުފިޔާގެ ލޯނަކީ ނުލިބޭނެ ފައިސާގެ ގޮތުގައި ބަލައި އެމްއެމްއޭއިން ވަނީ އެފައިސާއަކީ ބޭންކްގެ ގެއްލުމުގެ ގޮތުގައި ހިމަނާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި ތަސްމީން ބޭންކް އޮފް މޯލްޑިވްސްއިން ނަންގަވާފައިވާ މިލޯންތައް ދައްކަންޖެހޭ ކުންފުނިތަކުގެ ހިއްސާ 2008 ވަނަ އަހަރުގެ ތެރޭގައި ތަސްމީން ވަނީ އާއިލީ ބޭފުޅުންނާއި ގާތްބޭފުޅުންގެ ހިއްސާގެ ގޮތުގައި ހައްދަވައި އެލޯން ތަކަކީ އެފަރާތްތަކުން ޒިންމާވާން ޖެހޭ ލޯން ތަކެއް ކަމުގައި ހައްދަވާފައި ކަމަށްވެސް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މުލީއާގޭ ކައިރީގައި ގޮއްވާލަން އުޅުނު އެއްޗަކީވެސް ސީދާ ރައީސަށް އަމާޒުކުރި ޙަމަލާއެއް ކަމަށް ހޯމްމިނިސްޓަރ ވިދާޅުވެއްޖެ.

މިދިޔަހޯމަދުވަހުގެ ރޭ މުލީއާގޭ ކައިރީގައި އޮތް ވެހިކަލެއްގެ ފިއުލް ޓޭންކް މަތީގައި ބާއްވާފައި އޮއްވައި ފެނިގެން ޑިފިއުސް ކުރި އައިއީޑީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz