ސިލްސިލާ ވާހަކަ އެހިނދުކޮޅު…….

“ހާދަކުއްލިގޮތަކަށް މާލެތިއައީ. އަނެއްކާ އަހަރެމެންދެމަފިރިންނަށް މާޝާއާދޭތެރޭ ކަންތައްތައްކުރެވޭގޮތް ކަމުނުދަނީތަ.” ފަރީދާގެ ފިރި ޒުހޭރު ކާރުގެ ކުރީސީތްގައި އިނދެ ކާރުދުއްވާލަމުން ބުންޏެވެ. ޙައްރައްތަ ބަހެއްނުބުނެއެވެ. “ދެން އައިސްލަންވާނެނޫން ދޯ ޙައްރައްތާ.” ޙައްރައްތަގެ މޫނުމަތީން ނުތަނަވަސްކަން ފެންނަން ހުރުމުން ޙައްރައްތައާ އެއްބައި ވެލުމުގެ ގޮތުން ބުނެލިއެވެ. “މާޝާވެސް އަންނަންއުޅުނު. ނަމަވެސް މިގަޑީގައި ފެކަލްޓީއަށްދާންޖެހިގެން ނާދެވުނީ ދޯ ޒުހޭރު؟” ޒުހޭރު ހިނިތުންވެލާފައި ބޯޖަހާލިއެވެ.

ޙަރީރާ ވަނީ ވަރަށްބޮޑަށްމާޔޫސްވެފައެވެ. ރަށުގައި ހުރެފޯނުންދެއްކި ވާހަކަތަކަށް މާޝާގެފަރާތުން އެދެވޭ ޖަވާބެއް ނުލިބޭތީއެވެ. ޙަރީރާގެ އެދުމަކީ ކޯސްހަދާނިމިގެން މަދަރުސަތުލް އިފްތިތާޙުގައި ވަޒީފާއަދާކުރުމަށް މާޝާ ރަށަށްދިއުމެވެ. ޒުހޭރުގެ ދެމަފިރިންގެ ފަރާތުންވެސް މިކަމާގުޅޭ މަޢުލޫމާތު ޙަރީރާ ހޯދިއެވެ. އެމީހުން ބުނާގޮތުން ޙަލީމަކީ ފެންނަފެނުމުގައި ވަރަށްރަނގަޅު މީހެކެވެ. ބުނެފިކޮންމެކަމެއްވެސް ކޮށްދެއެވެ.

“ހަމަޔަޤީނުންވެސް އަހަންނަށް އެނގެނީ އޭނާ އަހަރެންދެކެ ލޯބިވާކަން. އޭނާ މަށަކަށް ދެރަގޮތެއްނުހަދާނޭ މަންމާ! އެހެންނޫނަސް މިހާރަކު ޙަލީމާއި ވަކިން މަށަކަށްނުވެސް އުޅެވޭނެ. ދެންކީތްކުރަން އުޅޭތަނަކާ، ރަށަކާ ސާފުކުރަންވީއަކީ. އެކަންކަން އެނގޭނީ ދިރިއުޅުން ފެށީމާނޫންތަ. މިހާރު ޑޭޓްވެސް ކަނޑައަލައިފިން. މެރީކޮށްގެން އެޕާރޓްމަންޓެއް ކުއްޔަށްހިފައިގެން މަންމަވެސް އަހަރެމެންނާއެކު މާލޭގައި އުޅުނީމާ ނިމުނީ. މަންމައަށް އަހަރެން އޭނާ ދައްކާނަން. މަންމަތިއުޅޭނީ މީހަކު މުޅިން ބުހުތާނު ދޮގުވާހަކަތަކެއް ދައްކައިގެން. މަންމަ ނިކަން ޤަބޫލުކޮށްބާ.” ޅަގޮތަކަށް މާޝާ މަންމައަށް ޔަޤީންކޮށްދިނެވެ.

މިކަމެއް ކާމިޔާބުވީފަހުން ރީޝާގެމަތިންވެސް މާޝާހަނދާންވާހެނެއްހިޔެއްނުވެއެވެ. ކޮންމެދުވަހަކުވެސް ރީޝާގެ މިސްކޯލްތައް މާޝާގެ ފޯނަށްއައިސްފައިވާއިރުވެސް އެޔަކާ އޭނާ އަޅައެއްނުލައެވެ. މާޝާ ދެކޭގޮތުގައި ރީޝާ އެއުޅެނީ މާޝާ ޙަލީމް އާއި ގުޅިގެން އުޅޭތީ އެކަމާ “ޖޭ” ވެގެންނެވެ. ރީޝާ މެސެޖުކުރެއެވެ. ނަމަވެސް ރިޕްލައި ނުލިބެއެވެ. މިހެންވުމުގެ ސަބަބުން ރަޙުމަތްތެރިކަމަށްވެސް ވަނީ ހީނަރުކަން ގެނުވާފައެވެ.

ޖެހިގެންއައިދުވަހުގެ ހެނދުނުގެ ވަގުތެކެވެ. މާޝާ ފޯނުހިފައިގެން ދެކޮޅަށް ހިނގަހިނގާހުއްޓެވެ. ވަރަށްގިނައިން ގުޅައިފިއެވެ. ފޯނެއްނުނަގައެވެ. މެސެޖުކުރެވުނުވަރެއްވެސް ނޭންގެއެވެ. ނަމަވެސް މިއަދު ޙަލީމުގެ ޚަބަރެއްނުވެއެވެ. “ހުމް. އެނގިއްޖެ. މިކަހަލަ ހިނދުކޮޅު ބައެއްފަހަރަށް އަންނާނެ. އޭނާވެސް ބިޒީ ވެދާނެތާ. މިހެން ހިތަށްއަރާ މިއަދު ހަވީރު މަންމައާ ބައްދަލުކޮށްލުމަށް މިގެއަށް އައިސްދީބަލާށޭ ކިޔާ މެސެޖްކޮށްލިއެވެ. މާގިނައިރުތަކެއްނުވެ، ރިޕްލައި އަތުވެއްޖެއެވެ. މަންމަގެނައީ ކީތްވެ؟ އަހަރެނެމްގެ މިނިވަންކަން ގެއްލުނީނު. ވަރަށްކަޓް. ދެވޭކަށްނެތް.

ރޭގަނޑުގެ އަށެއްގެ ޚަބަރު ގަޑިއެވެ. ޒުހޭރުގޭ ހުރިހާއެންމެން ޓީވީގެކައި ރީތިއްބެވެ. ކުއްލިއަކަށް އެންމެންގެ ސަމާލުކަން ހުއްޓުވާލި އަޑަކީ ހ.ފިލިތަޅާގޭ މުޙައްމަދު ޙަލީމް ޢުމުރު 35 އަހަރު މީނާއަކީ ފުލުހުން ބަލަމުންގެއްދާ މައްސަލައަކަށް ތަހުޤީޤަށް ހޯދަމުންދާ މީހެކެވެ. ފޮޓޯވެސް ވަނީ ޢާއްމުކޮށްފައެވެ. ކުއްލިއަކަށް އެންމެން ހުއްޓުންއެރިއެވެ. މާޝާއަށްވީ އަދި އެހެންގޮތެކެވެ. އެކޮއިގެހެއެއްވެސް ނެތެވެ. ކަންތައްވަރަށް ސީރިއަސްވެއްޖެއެވެ. ކުއްލިއަކަށް އެންބިއުލެންސް ގެނެސް މާޝާ ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. އެހިނދުކޮޅުގެ ނާމާންކަމާއި، ވޭނާއި ހޫނު އިޙުސާސްކުރެވޭވަރަށްވުރެ މާޝާގެ ޙާލަތުވަނީ ސީރިއަސްވެފައެވެ. މިހާރު އޭނާ ހޭއަރައިފިއެވެ. ނަމަވެސް ޑޮކްޓަރ އިރުޝާދުދެއްވަނީ އޭނާ ހަމައަކަށް އެޅެންދެން ހޮސްޕިޓަލްގައި ބާއްވާލުމަށެވެ. ހަދާލަންޖެހޭ ބައެއްޓެސްޓުތައްވެސް ހުރުމާއެކުގައެވެ.

= އިންތިޒާރުކޮށްލައްވާ =

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
ހާރިސް
ހާރިސް

ވަރަށް ސަޅި އިނގޭ އިންތިޒާރުކުރާނަން.

wpDiscuz