ސިލްސިލާ ވާހަކަ އެހިނދުކޮޅު…….

“އޭތް! އާދެވުނީ. ފައިބަންވިއްޔޯ” މާޝާގެ ރަޙުމަތްތެރިއަކު އައިސް އޭނާގެ މޫނުމަތީ އަތުން ހަނާއަޅާލަމުން ބުންޏެވެ. މާޝާ އާއި ޙަލީމްއަށް އެކަކު އަނެކަކަށް ތަޢާރަފްވެސް ނުވެވުނެވެ. ރަޙުމަތްތެރިޔާ ދެމީހުންގެ ހުރަހަކަށްވެ މާޝާ ގޮވައިގެން ހިނގައްޖެއެވެ. އެއްގަމަށްދަމުން ޙަލީމް އޭނާގެ ލޮލުކޮޅަށް ގެއްލެންދެން މާޝާ ޙަލީމާއިދިމާއަށް ބަލަމުން ދިޔައެވެ.

އަންހެންކުދިންނާއި ފިރިހެންކުދިން ކުޑަބަނޑޮހުގައި ތިބުމަށް ހަމަޖެހިފައިވަނީ ވަކިންނެވެ. މިގޮތުން އެއްބަޔަކު އަނެއްބަޔަކަށް ބައްދަލުވާން ބޭނުންނަމަ، ޖެހެނީ އެސަރަޙައްދަކަށް ދާށެވެ. މާޝާ ކިތައްމެފަހަރަކު ފިރިހެންކުދިން ތިބޭ ސަރަޙައްދަށް ދިޔައެވެ. ނަމަވެސް ޙަލީމް އާއި ބައްދަލުބާގޮތެއްނުވިއެވެ.

ކުޑަބަނޑޮހުގެ އިރުއުތުރުފަރާތުގައި އެރޭއޮތް ސްޓޭޖްޝޯވއެއް ބަލައިލުމަށްޓަކައި މާޝާ ދިޔައެވެ. ކޯހުގެ އެހެންދެބައިވެރިޔަކާވެސް އެކުގައެވެ. އެތަނުގައި ދެޖިންސްގެކުދިން މަޖާކޮށް ނަށުމާއި ތަމްސީލުތައް ހުށައަޅައިދެމުން ގެންދެއެވެ. ޝޯވ ހުށައަޅައިދެނީ މުޅިކޯހުގައިވެސް އެންމެ މަޖާނަގާ ޖަމްޝީދެވެ. ދޭތެރެދޭތެރެއިން އޭނާގެ މަޖާޖޯކެއް ނުވަތަ ފޮނި ޙަރަކާތެއް ގެނެއެވެ. ކުއްލިއަކަށް ޒުވާނެއްގެ އެނބުރިއައުން މިމަޢުޟޫޢަށް ވާހަކަދެއްކުމަށް ސްޓޭޖަށް އެގޮވާލީ މާޝާ އެންމެ އެދިއެދިހުރި ނަމުންނެވެ. އާދެ، އެޒުވާނާއަކީ ލޮނުޒިޔާރަތްކޮޅުން ދިމާވި މާޝާގެހިތްހަދިޔާކުރެވިފައިވާ އޭނާގެ ހިތުގެ މަހެފިލެވެ.

އަހަރެންނަކީ މީގެ ދެތިން އަހަރުކުރިން މަސްތުވާތަކެތިގެ ވަބާގައިޖެހި ޢިއްޒަތާއި އަބުރުގެއްލިފައިވާ ޒުވާނެއް. މަދަރުސީ ޙަޔާތް ބަރުބާދުވެގެންދިޔައީ މިނުބައިހަތުރުގެ ސަބަބުން. މަގުމަތިން ހިނގާފައިދާމީހުންގެ އަތުން ލާރި އަތުލުމާއި ގެންގުޅޭތަކެތި ޖަހައިގަނެގެން ދިއުމާއި، މާރާމާރީ ހިންގުމަކީ އެދުވަހު އެއްވެސް ކަމެއްނޫން. އަހަރެން ރީހެބަށްދާންޖެހުގޮތަކީ ރަޙުމަތްތެރިންގެ އަވާގައިޖެހި އެއްވެސް ސުމާރެއްނެެތި މަސްތުވާތތަކެތި ބޭނުންކުރުން. އެދުވަހު މީސްތަކުންގެ ނަފްރަތު ލިބި އަދިވެސް އެކަމުން ސަލާމަތްވުން އެއީ އަހަރެންނަށް އުނދަގޫކަމަކަށްވަނީވެފައި. ޒުވާން އެތަށް ޖިންސުއްލަޠިފެއްގެ ހިތްތައް ކަތިލަމުން ދިޔައިރު ވަފާއާއި ބޭވަފާ އޮޅުމެއްނުފިލާ. ވުނާއެކު އަހަރެންގެ ނުބައިކަމުން އެތަކެއް އަންހެންކުދިންނަކަށް މިނުބައި ވިހައިގެ އަސަރު ފޯރާފައިވާނެ. މީގެ އިތުރުން މުޅިޢުމުރަށް އަހަރެންދެކެ ނަފްރަތުކުރާ އެތައްބަޔަކު ވާނެކަން ޔަޤީން. މިއަދު އަހަރެން އެފަރާތްތަކުން ނިހާޔަތަށް މަޢާފަށްއެދެން. މިއަދު މިހުރީ އަހަރެން އިސްލާޙުވެގެން. ޑްރަގަށް ނޫނެކޭބުނޭ! ޑްރަގަށް ނޫނެކޭބުނޭ! ސްޓޭޖަށްއެރުމަށްފަހު ޙަލީމް އޭނާގެ ވާހަކަތައް ކިޔައިދިނެވެ.

މިކަމުގެ ސަބަބުން މާޝާއަށް ވަރަށްފުން އަސަރުތަކެއްކޮށްފިއެވެ. މާޝާދުށްގޮތުގައި ހަލީމަށް ބާއްޖަވެރި ޙަޔާތެއް ހޯދައިދެވޭނެ ހަމައެކަނި މީހަކީ އޭނާއެވެ. ޙަލީމް ސްޓޭޖުން ފޭބުމާއެކު މާޝާދުވެފައި އޭނާގެގާތަށް ދިޔައެވެ. އަދި ދުވަހަކުވެސް ފިރިހެނުންނާއި ސަލާމްނުކުރާ މާޝާ ބޭއިޚުތިޔާރުގައި ޙަލީމާއި ސަލާމްވެސް ކޮށްފިއެވެ. އެތައްއިރަކު އޭނާގެ މަޑުމަޑު އަތުގައި ހިފަހައްޓައިގެން ޙަލީމްހުއްޓެވެ.

ރެޔަކީ ވަރަށްރީތި މަޑު ހަނދުވަރެއްދޭ ރެއެކެވެ. ކުޑަބަނޑޮހުގެ ގޮޑުދޮށަށް ބީހިލާރާޅުތައްވެސް މިދެކުދިންނާ ސުވާލުކުރާހެން ހީވެއެވެ. އައިޓަމަކަށްފަހު އައިޓަމެއް ނިމިގެންދެއެވެ. މާޝާގެ ރަޙުމަތްތެރިންވެސް ވަނީ ސްޓޭޖުއައިޓަމް ތެރެއަށްގެއްލިފައެވެ. މާޝާއާއި ޙަލީމަށް އެކަހެރިވެވުނީ ކިހިނެތްކަމެއްވެސް ޚުދް އެދެޒުވާނުންނަށްވެސް ނޭންގުނެވެ. މާޝާއަށް ރެއަކާލީ އަދި މާފަހުންނެވެ. މިކުރެވެނީ އަނެއްކާ ކިހާވަރެއްގެ މޮޔަކަމެއްބާއެވެ؟ އަނެއްކާ ޖިންނި އަވަލީއަކީ ނޫންބާވައެވެ؟ މާޝާ ޙަލީމްގެ އަތުން ދޫކޮށްލިއެވެ. އަދި އޭނާއާއި ދުރަށްދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އެހިނދުކޮޅަކީ ޙަލީމަށްވެސް މީހެއްގެ އެހީތެރިކަން ނުހަނުބޭނުންވެފައިވާ ވަގުތުކޮޅެކެވެ.

= އިންތިޒާރުކޮށްލައްވާ! =

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz