ސިވިލްސާވީސް ދުވަހު ސިވިލް ސާވިސްގެ ހުރިހާ އޮފީސްތަކެއް އާއްމުކޮށް ހުޅުވާލާނެ – ސިވިލްސާވީސް ކަމިޝަން

އަންނަ މަހުގެ ތިން ވަނަ ދުވަހު ފާހަގަ ކުރާ ސިވިލް ސާވިސް ދުވަހު، ސިވިލް ސާވިސްގެ ހުރިހާ އޮފީސްތަކެއް އާއްމުކޮށް ހުޅުވާލާނެ ކަމުގައި ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ސިވިލްސާވިސް ކޮމިޝަނުގެ އެޗްއާރުޑީ އޮފިސަރު މުހައްމަދު ރިޒާ ވިދާޅުވީ އެ ދުވަހު، ސިވިލް ސާވިސްގެ ހިދުމަތްދޭ ހުރިހާ އޮފީސްތަކަކަށް އާއްމުންނަށް ވަދެވި، ތަނުގެ ހުރިހާ މުވައްޒަފުންނާ ބައްދަލު ކުރެވޭނެ ކަމަށާ، އަދި އާއްމުކޮށް ބައްދަލު ނުވާ، އޮފީސްތަކުގެ ވެރިންނާ ވެސް އެ ދުވަހު ކޮންމެ މީހަކަށް ވެސް ބައްދަލުކުރެވޭނެ ކަމުގައެވެ.

އޭނާ ވިދާޅުވީ އާއްމުންނަށް ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ބައެއްގެ ޝަކުވާތައް ހުންނަ އިރު، އެކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު އާއްމުކޮށް ނުލިބޭ ކަމަށާ، އެހެންކަމުން ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އާއްމުންގެ ހިޔާލު ހޯދައި މަޝްވަރާކުރުމަށާއި އާއްމުންގެ ޝަކުވާތައް އަޑުއެހުމަށް ހުރިހާ ފެންވަރެއްގެ ވެރިން ވެސް އެ ދުވަހު ތިއްބަވާނެ ކަމުގައެވެ.

ސިވިލް ސާވިސް ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން ހިދުމަތްތަކަށް ޒަމާނީ ބަދަލުތަކެއް ތައާރަފްކުރި ފަރާތްތަކަށް އެވޯޑެއް ދިނުމާއި ގިނަ މިނިސްޓްރީތަކެއް ބައިވެރިވާ ގޮތަށް ކުޅިވަރު ފެސްޓިވަލެއް ވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފަ ކަން ފާހަގަކޮއްލަންޖެހެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މުވައްޒަފުންނަށް މިއަދުންފެށިގެން ޗުއްޓީ ދެއްވައިފި.

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތަކައެކު، މިއަދުން ފެށިގެން, ޗުއްޓީދީފިއެވެ. މިއީ ރާއްޖޭގައި މިހާރު ފެތެރެމުންދާ ރޯގާއާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz