ސިވިލްސަރވިސް އޯޕަންޑޭ ލަންދޫގައިވެސް މިއަދު އެބަފާހަގަކުރޭ.

ސިވިލްސަރވިސް އޯޕަންޑޭއަށް ލަންދޫ ކައުންސިލް އިދާރާ ތައްޔާރުވެފާ / ފޮޓޯ : ލަންދޫއިންފޯ

ސިވިލް ސަރވިސް  އޯޕަންޑޭ ލަންދޫގައިވެސް މިއަދު ފާހަގަކުރަމުން އެބަދެއެވެ. އެގޮތުން ލަންދޫ ކައުންސިލް އިދާރާއިން ވަނީ އެކައުންސިލްގެ އެންމެހައި ކަންތައް ( ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ) ރައްޔިތުންނަށް އޮޅުންފިލުވައިދިނުމުގެ ގޮތުން ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކެއް ރާވާލައިފައެވެ.

މިއަދު ލަންދޫ ކައުންސިލް އިދާރާ ވަނީ ރައްޔިތުންނަށް ޓަކައި ހުޅުވާލެވިފާ ކަމަށާއި، ކޮންމެ ރައްޔިތަކުވެސް ކަންކަން އޮޅުންފިލުވުމަށް މިއަދު އެކައުންސިލް އިދާރާއަށް އައުމަށް މަރުހަބާ ކިޔާކަމަށް ލަންދޫ ކައުންސިލުން ވަނީ އިޢުލާންކޮށްފައެވެ.  އަދި ލަންދޫ ކައުންސިލް އިދާރާއިން ބުނެފައިވަނީ އެކި ގަޑިތަކުގައި ކުރިއަށް ގެންދާނީ އެކި ކަންކަން އޮޅުން ފިލުވައިދިނުން ކަމަށާއި، ވީހާވެސް ގިނަ ރައްޔިތުން މިއަދު އެކައުންސިލް އިދާރާއަށް އައިސް ދިނުމަށް އެދޭކަަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުންވަނީ މިދުވަސް ހުރިހާ ރަށެއްގައި ވެސް ފާހަގަކުރުމަށާއި، ހުރިހާ މުއައްސަސާއެއްވެސް ރައްޔިތުންނަށް ހުޅުވުމާލުމަށް އަންގަވާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ގައި ތިބި ސިވިލްސަރވިސްގެ ފިރިހެން މުވައްޒަފުންނާ ލަންދޫ ކައުންސިލްގެ ފަރާތުން ބައްދަލުކޮށްފި.

ނ.ލަންދޫގައި ހުރި ސަރުކާރުގެމުއައްސަސާ ތަކުގައި މިވަގުތު މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ލަންދޫކައުންސިލްގެފަރާތުން ބައްދަލުކޮށްފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ …

ޚިޔާލެއްދެއްވާ

avatar
އެސަރސް
އެސަރސް

ހީވަނީ ސިވިލްސަރވިސް އަކީ ހަމައެކަނި ލަންދޫ ކައުންސިލް އިދާރާހެން

ބަބުރުމަންޖެ
ބަބުރުމަންޖެ

ސުރުޚީއެއް ނޫންކަން ނޭންގެ ބަދަލުކުރަންވީކީ ތިތާންގެ މުވައްޒަފުންނާއި ވެރިމީހާކަންނޭންގެ ބަދަލުކުރަންވީ. އޭރުން ތިތަންދެން ރަގަޅުވާނީ….

މުޙައްމާ
މުޙައްމާ

ލަންދޫގައި ހުންނެވި ސިވިލްސާވިސްގެ ޒިންމާދާރުވެރިޔާ ބުނުއްވީ ލަންދޫގައި ހުރި ހުރިހާ މުއައްސަސާއަކަށްވެސް ވަނީ މިއަދު ކުލަގަދަކޮށް ފާހަނގަ ކުރުމަށް އަންގާފަޔޯ ، އެކަމް ލަންދޫ ކައުންސިލް ޢިދާރާ ފިޔަވާ އެހެން މުއައްސަސާއަކުން މިކަން ފެނޭތަ، މި ލިޔުމުގެ ސުރުހީ ” ސިވިލްސަރވިސް އޯޕަންޑޭ ލަންދޫ ކައުންސިލް ޢިދާރާއިންވެސް މިއަދު އެބަފާހަގަކުރޭ. ” މިހެން ލިޔަން ފެނޭ !

wpDiscuz