ސާއްބަ ބްރަދަރސްގެ ފެރީގެ ޚިދުމަތް މަނަދުއަށްވެސް ފުޅާކޮށްފި.

ނ.އަތޮޅުގައި ސްޕީޑްލާންޗްގެ ފެރީގެ ޚިދުމަތް ދޭ ކުންފުންޏެއް ކަމުގައިވާ ނ.ވެލިދުއަށް ނިސްބަތްވާ “ސާއްބަ ބްރަދަރސް” ގެ ސްޕީޑްލާންޗްގެ ފެރީގެ ޚިދުމަތް ނ.ހޮޅުދޫ، ނ.ވެލިދޫ، ނ.ފޮއްދޫގެ އިތުރުން ނ.މަނަދޫން ވެސް ލިބޭގޮތަށް އެކުންފުނިން އެޚިދުމަތް ފުޅާކޮށްފިއެވެ.

އެކުންފުނީގެ އެއް ހިއްސާދާރުކަމުގައިވާ އަބުދުއްލަތީފު ޢައްބާސް ލަންދޫ އިންފޯ އަށް މިއަދު މިކަމާގުޅޭގޮތުން ދެއްވި މަޢުލޫމާތުގައިވަނީ މިމަހުގެ 19 ވަނަ ( ބުރާސްފަތި ) ދުވަހުގެ ފެރީދަތުރު ކުރާނީ ހެނދުނު 9:00 ގައި މާލެއިން ފުރައިންގެން ފުރަތަމަ މަނަދުއަށް ކަމަށެވެ. އޭގެ ފަހުން ހަމަ އެފެރީ ވެލިދުއަށާއި، އަނެއް ދެރަށަށް ދާނެކަމަށެވެ.

އައްތީ ބުނީ މަނަދުއަށް މިފަށާ ދަތުރުތައް ކާމިޔާބުކަމަށްވާނަމަ އިތުރު ޝެޑިއުލް ދަތުރުތަކެއް ކޮންޓިނިއުކޮށް މިހާރު މިކުރާ ރަށްތަކުގެ އިތުރުން ، އިތުރު ރަށްތަކަށް ކުރާނެކަމުގައެވެ. އަދި ނ.އަތޮޅުގެ ރައްޔިތުންގެ ވިންދާއި، އިޙްސާސްތައް ދަނެ ހުރެ ގިނަބައެއްގެ އެދުމުގެ މަތިން ސާއްބަ ބްރަދާރސްއިން މިދޭ ފެރީގެ ޚިދުމަތާބެހޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7795700 ނުވަތަ 7784645 ފޯނާކަމުގައި ކަމަށްވެސް އައްތި މިއަދުވަނީ ބުނެފައެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
Ahmed Dawood
Ahmed Dawood

ތިދެން ވަރަށް އުފާވެރި ޚަބަރެއް . އެކަމަކު މިހާ އަތްމަތި ދަތި ދުވަސްވަރެްއްގައި އެތްފޯރާ ހިސާބުގައި އަގުތައް ހުންނާނެކަމަސް އުންމީދުކުރަން.

wpDiscuz