ސަފާރީއެއްގައި ވަރަށް ބޮޑަށް ރޯވެއްޖެ.

އއ. ބޮޑުފުޅަދޫ ކައިރީ ކަނޑުގައި އޮތް ސަފާރީއެއްގައި ވަރަށް ބޮޑަށް ރޯވެ، އަޑިއަށް ދާން ފަށައިފިއެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު  ހަގަޑި ފަނަރަ ހާއިރު ބޮޑު ފުޅަދޫ ކައިރީގައި އޮންނަ މާޔާ ތިލައިގައި އޮތް އެކުއޭރިއަސް ނަމަކަށް ކިޔާ ސަފާރީގައި ރޯވެފައިވަނީ އޭގެ އިންޖީނު ރޫމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ސަފާރީގައި ރޯވި އިރު އޭގައި 16 ޓޫރިސްޓުންނާއި 13 ފަޅުވެރިން ތިބި ކަމަށާއި ނަމަވެސް އެ ހާދިސާ ހިނގުމާ އެކު ސަފާރީގެ ޑައިވިން ދޯނީގައި އެ އެންމެން ވެސް ކައިރީގައި އޮތް ނިކަ ހޮޓެލް ރިސޯޓަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ފުލުސް އޮފީހުން ބުނީ އިންޖީނު ރޫމުގައި ހިފި އަލިފާންގަނޑު މުޅި ސަފާރީ އަށް ފެތުރުމާ އެކު ސަފާރީ މަޑުމަޑުން އަޑިއަށް ދާން ފެށި ކަމަށެވެ. ނަމަވެސް ރޯވި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުސް އޮފީހުން ބުނެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ނީލަން ފިހާރައިގައި ރޯވެއްޖެ.

މާލޭގެ ނީލަން ފިހާރައިގައި ހުރި ލަކުޑިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާގައި އެއްވެސް …

ޚިޔާލެއްދެއްވާ

avatar
wpDiscuz