ސައްތައިން ސައްތަ މުސްލިމުން

ދިވެހިރާއްޖެއަކީ ދުނިޔޭގައި ސައްތައިންސައްތަ މުސްލިމުޤައުމުތަކުގެތެރެއިން ގުނާލެވޭ މަދުޤައުމުތަކުގެތެރެއިން ޤައުމެކެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުން ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވާންޖެހެއެވެ. އަދި އަހުލުއްސުންނަތި ވަލްޖަމާޢަތިގެ އަހުލުވެރިޔަކަށްވުން ލާޒިމެވެ. ކަންމިހެންވީއިރު ޤާނޫނުއަސާސީގައި މިހެން ލިޔެވިފައި އޮތުމުން އަދި އެނިމުނީއަކީނޫނެވެ. ދިވެހި ދަފްތަރުގައި ހިމެނޭ މަދުނަމަވެސް ބަޔަކު މާތްވެގެންވާ އިސްލާމްދީނާ އިދިކޮޅުވެގެން އުޅޭކަން އެތައްފަހަރެއްގެމަތީންވަނީ ފެންމަތިވެފައެވެ.

މާތްވެގެންވާ އިސްލާމްދީނާއި ޚިލާފް ފޮޓޯތަކާއި މަޢުލޫމާތު ހިމެނުމުގެ ސަބަބުން އެތައްވެބްސައިޓްތަކެއް ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން މަނާކޮށްފައެވެ. ކުރީގެ އިސްލާމިކް މިނިސްޓަރ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެފައިވާގޮތުގައި، އެފަދަކަންތައްތައް ކުރާމީހަކު ތުހުމަތުކުރެވިގެން ޙާޟިރުކުރެވުނަސް އޭނާގެ ދިފާޢުގައި އެތައްބަޔަކު ނިކުމެއެވެ. ވުމާއެކު އެފަރާތުން ދެކިލައްވަނީ އެއީ މިބާވަތުގެ ޢަމަލުތައް ހުއްޓުވުމަށް ހުރި ވަރަށްބޮޑު ގޮންޖެހުމެއްކަމުގައެވެ.

މިފަހަކަށްއައިސް ދިވެހިންގެތެރޭގައި މާތްވެގެންވާ އިސްލާމްދީނާއި ޚިލާފް ޢަމަލުތައް އިތުރުވުމުގެ އެއްއަޞްލުކަމުގައި ވަނީ ޝަރީޢަތުގައި އަންގަވާފައިވާ ޙައްދުތައް ޤާއިމްކުރުމަށް ފަސްޖެހޭތީކަމުގައި ގިނަބަޔަކު ބުނަމުންދެއެވެ. ހަމަ އެހެންމެ މަސްތުވާތަކެތި ބޭނުންކުރުމާއި، މާރާމާރީއާއި، ބަޣާވާތްކުރުމާއި އަދި މީހުންމެރުންފަދަ ބޮޑެތި ޖަރީމާތައް ހިންގާމީހުން ދިފާޢުކުރުމަށް މައިންބަފައިންނާއި ޢާއިލާތައް އެގޮތްމިގޮތުން ނުފޫޒުފޯރުވައިގެންވެސް މަސައްކަތްކުރާކަމަށް ދެކެވޭ ވާހަކަތަކުގެ ތެދުދޮގު ބަލާ އެކަމާމެދު ފިޔަވަޅުއަޅާކަށްނުވޭތޯއެވެ؟ މިހުރީ ސައްތައިންސައްތަ މުސްލިމުންކަމުގެ ދައުވާކުރާ މިރާއްޖޭގެ އެންމެހައި ފަރުދުން ވިސްނާފިކުރުކުރަންވެއްޖެކަމެއްކަމުގައި ދެކެމެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz