ސަރުކާރު ކޯލިޝަން ތެރޭގައި ދެކޮޅުވެރިކަން އުފެދޭގޮތަށް ވާހަކަ ދެކެވިގެންނުވާނެ- ދުންޔާ

ސަރުކާރު ކޯލިޝަން ތެރޭގައި ދެކޮޅުވެރިކަން އުފެދޭގޮތަށް ވާހަކަ ދެކެވިގެންނުވާނެ- ދުންޔާ

ސަރުކާރު ކޯލިޝަން ތެރޭގައި ތިއްބެވި ފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކަށް ޖެހޭގޮތައް ވާހަކަދެއްކުމަކީ މިހާރު އެހާ ރަނގަޅު ގޮތެއް ނޫންކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ ވިދާޅުވެއްޖެއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރްޕީގެ ބައެއް ފަރާތްތަކުން ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނަވާއިގެން ދުންޔާ ކުރައްވާ މަސައްކަތްތަކާއި މެދު އުފައްދަވާފައިވާ ސުވާލުތަކާިއ ބެހޭގޮތުން ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ ޑީއާރްޕީން ކޯލިޝަންގައި ހިމެނޭ އިރު ޑީއާރްޕީގެ ސްޓޭޓް މިނިސްޓަރެއްވެސް ފޮރިން މިނިސްޓްރީގައި އެބަހުންނެވިކަމަށާއި އެހެންކަމުން ޑީއާރްޕީން ދައްކަވާ ވާހަކަތަކުގެ އެޕާޓީއަށް ވެސް ރައްދުވާކަމަށެވެ. ދުންޔާ ވިދާޅުވީ އެއްބައިވަންތަ ސަރުކާރެގެ ތެރޭގައި ތިއްބަވައިގެން އެއްބަޔަކު އަނެއްބަޔަކަށް ފާޑުވިދާޅުވުމަކީ ހެއްވާކަމެއްކަމަށާއި އެއީ ކޯލިޝަނަށް އެންމެ ރަގަޅު ގޮތް ނޫނަކަމަށެވެ.

ފޮރިން މިނިސްޓްރީގެ މަސައްކަތް ކުރިއަށް ދާ ގޮތާއި ބެހޭގޮތުން ދުންޔާ ވިދާޅުވީ ވެރިކަން ބަދަލުވި ވަގުތު ކުރީގެ ރައިސް ނަޝީދު ވަނީ ވެރިކަން ބަދަލުވެގެން އައިސްފައިވަނީ ބައާވާތަކުންކަމަށް ބުނެ ބޭރުގެ މީޑިއާތަކަށް އެ ހަބަރު ފަތުރާފަކަމަށާއި އަދި ކުރީގެ ފޮރިން މިނިސްޓްރީގައި ތިއްބެވި ސިޔާސީ ފަރާތްތަކުން ވަނީ މަގާމުގެ ބޭނުންކުރައްވައިގެން އެކަން ބައިނަލް އަގުވާމީ ދުނިޔޭގެ ގައުމުތަކަށް އަންގާފަކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި ސަރުކާރު ބަދަލުވެގެން މިނިސްޓްރީގެ މަސައްކަތް ހިނގައިގަތުމަށް ވެސް ކުޑަދުވަސްކޮޅެއް ނެގި ކަމަށާއި އެހެންކަމުން ބޭރުގެ ފަރާތްތަކަށް ކަމުގެ ހަގީގަތް ވަރަށް ބޮޑަށް އޮޅި ފޮރިން މިނިސްޓްރީގެ މަސައްކަތް މަޑުޖެހިފައިވާކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.ދުންޔާ މި މޭރުމުން ވާހަކަ ދެއްކެވިނަމަވެސް ދުންޔާ ގެ މަސައްކަތްތަކާއި އަދި ޕީޕީއެމްގެ ފަރާތުން ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ބުނެ ކޯލިޝަންގައި ހިމެނޭ ޑީއާރްޕީގެ ބައެއް ފަރާތްތަކުން ވަނީ އެފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
wpDiscuz