ގެއްލުނު ކުޑަކުޑަ ނިހާ

ލިޔުނީ: ޝަރޫޒާ ޢަލީ

އެއީ މާނީގެ އާއިލާގެ އެންމެ ކުޑަކޮއްކޮއެވެ. ނިހާ ވަނީ ވީނުވީ ތަނެއްނޭނގި ގެއްލިފައެވެ. މިކަމުގެ ސަބަބުން މުޅިއާއިލާ ދަނީ ހިތަމަކުރަމުންނެވެ. އެއީ ނިހާއަކީ އާއިލާގެ އެންމެން އެންމެ ލޯބިވާކުއްޖާ ކަމަށްވާތިއެވެ.މިހާރު އެކަންވަނީސިފައިންނަށްވެސް އަންގާފައެވެ.

މާނީއޮތީ މާނީގެ ކޮޓަރިތެރޭގައި ހުރި އެނދުމަތިގައި ބަންޑުވަތަށް އޮށޯވެގެންރޯށެވެ. ކުއްލިޔަކަށް ކޮޓަރިތެރޭގައި މީހަކު އުޅޭހެންހީވެގެން ތެދުވެ މުޅިކޮޓަރިތެރެއަށް ރަނގަޅަށް ކަޅިއަޅާލިއެވެ. ނަމަވެސް އެއްވެސްމީހަކު ނުފެނުމުން ކޮޓަރިން ބޭރަށް ނުކުމެ ގޭތެރެއާއި ގޯތިތެރެ ބަލަންފެށިއެވެ. މިތަން މާނީގެ މަންމައަށް ފެނުމުން މާނީއާއި ދިމާލަށް ގޮސް މާނީގެ ގައިގައި އޮޅުލައިގަތެވެ. މާނީ އަށް އަދި އެހެންމެ މާނީގެ މަންމައަށްވެސް ރޮވުނެވެ.

ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. މާނީ ދުވެފައިގޮސް ފޯނުނެގީ ސިފައިންކަމަށް ހީކޮށެވެ. ނަމަވެސް ވީކީ އެހެނެއްނޫނެވެ. ފޯނުކުރީ މާނީގެ ރަށްޓެހި ރީމާއެވެ. “ހަލޯ! މާނީ! އެއީ ތެދެއްތަ؟ ނިހާ ގެއްލުނީތަ؟ ކޮންއިރަކުތަ؟” ރީމާ ސުވާލުތައް ފައްޗަކަށް ކޮށްލިއެވެ. މާނީ ޖަވާބުދިންގޮތުގައި ނިހާ ގެއްލުނުކަން އެނގުނީ އެދުވަހު ހޭލިއިރުގައި ކަމަށްވެއެވެ. އަދި ރޭގައި މާނީއާއި އެކު ނިދަންއޮތްކަމަށްވެސް މާނީ ބުންޏެވެ. މިވާހަކަތައްބުނެލުމަށްފަހު ފޯނުބޭއްވީއެވެ. އަދި ވަރަށް މަޑުމޮޅިކަމާއިއެކު ކޮޓަރިއަށް މިސްރާބު ބަހައްޓައިގެން ހިނގައިގަތެވެ.

މާނީ ކޮޓަރިއަށް ވަންއިރު އަލަމާރީގައިހުރި ހުރިހާއެއްޗެއްހުރީ އެނދުމަތީގައެވެ. އަދިއޮތީ ނިހާގައިގައި ފެން ހިއްކަން ގެންގުޅޭ ތުވާލިވެސް ބާއްވާލާފައެވެ. މާނީއަށްލިބުނީ ހައިރާންކަމެކެވެ. ނަމަވެސްމާބޮޑު ކަމަކަށްނުހަދާ ގޮސް ލޯގަނޑުކުރިމަތީގައި ހުރި ނިހާގެ ފޮޓޯގަނޑާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް އެހެން މާގިނައިރުތަކެއްވަންދެން ނުހުރެވުނެވެ. އަނެއްކާވެސް ފޯނުރިންގުވަން ފަށައިފިއެވެ.  މާނީ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އޭރުމަންމަ ފޯނުނަގައިފިއެވެ. އެއީ ސިފައިންނެވެ. އެމީހުންބުނީ އެމީހުން ވަރަށްގިނަތަންތަން ބަލާޗެކްކޮށްފިކަމަށްވެއެވެ. އެކަމަކު އަދިވެސް ނުފެންނަކަމުގައެވެ. ނަމަވެސް އަދިފެނޭތޯ މަސައްކަތްކުރާނެކަމަށް ބުންޏެވެ.

އާއިލާގެ އެންމެން ވަރަށް ހިތްވަރު ދެރަވެއްޖެއެވެ. މާނީ އަނބުރާދިޔައީ ކޮޓަރިއަށެވެ. މާނީގޮސް އެނދުމަތީގައިހުރި އެއްޗެހި އަލަމާރިއަށްލުމަށްޓަކައި އަލަމާރި ހުޅުވާލިއެވެ. އެވަގުތު މާނީއަށް ފެނުނީ ނިހާކޮއްކު އަލަމާރިތެރޭގައި އޮށޯވެލައިގެން އޮއްވައެވެ. މާނީ އުފަލުންގޮސް އަތުގައިހުރިހާ އެއްޗެހި އުކާލާފައި ގޮސް ނިހާ އުރާލައިގެން ބޭރަށްނިކުތެވެ. އާއިލާގެއެންމެންނަށްލިބުނީ ހައިރާންކަމެކެވެ. އެންމެން ނިހާގެގައިގައި އޮޅުލައިގަތެވެ.

މާނީގެއާއިލާ މިހާރުދަނީ އުފާފާޅުކުރަމުންނެވެ. ނިހާކޮއްކޮއަކީ ކުޑަކުއްޖެއްކަމުން އެކަހަލަ ކަމެއްކޮށްފާނެކަމަށް ޤަބޫލުކުރެއެވެ. ނިހާއޮތީ އަލަމާރިތެރޭގައި ކަމުން އެންމެންގެމޫނުމަތިން ވަރަށް އުފާވެފައި ހުރިކަންއެނގުނެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
އަޙްމަދު ދާއޫދު / ލަންދޫ
އަޙްމަދު ދާއޫދު / ލަންދޫ

ހެހެހެ ކުޑަކުދިން މިކަހަލަ މަޖާކަމެއް ( ބައެއްފަހަރު ) ކޮށްފާނެކަމަށްަ ފުރަތަމަވެސް ވިސްނާށެވެ. އޭގެ ފަހުގައި ސީރިއަސްކޮށް އެކަންނަގާށެވެ.

wpDiscuz