“ގޫގްލް ސްކެޗްއަޕް ތްރީޑީ” ގަތުމުގެ މަސައްކަތް ޓްރިންބަލް ނެވިގޭޝަން އިން ފަށައިފި.

ގޫގްލް ކޯޕަރޭޝަންގެ “ގޫގްލް ސްކެޗްއަޕް ތްރީޑީ” ގަތުމުގެ މަސައްކަތް ޓްރިންބަލް ނެވިގޭޝަން އިން ފަށައިފިއެވެ. ގޫގުލް ސްކެޗްއަޕް ގަތުމަށް ޓްރިންބަލް އިން ހުށައަޅާފައިވާ އަގު އަދި ހާމަކޮށްފައިނުވި ނަމަވެސް ބެލެވޭ ގޮތުގައި ޓްރިންބަލް އިން ސްކެޗްއަޕް ގަތުމަށް މަސައްކަތް ކުރަނީ އެކުންފުނިން ކުރަމުންދާ ދަތުރުފަތުރުގެ ސާމާނު އުފެއްދުމުގެ މަސައްކަތަށް ލުއި ފަސޭހައެއް ހޯދުމަށެވެ.

ސްކެޗްއަޕް އަކީ ވަރަށް ފަސޭހައިން “ތްރީޑީ” ކޮށް އިމާރާތްތަކާއި އެހެނިހެން އެއްޗިހި ފަރުމާކޮށްލެވޭ މޮޅު ސޮފްޓްވެއާ އެކެވެ.

2006 ވަނަ އަހަރު ގޫގްލް އިން ސްކެޗްއަޕް ގަތް އިރު އެއީ ކުޑަކުޑަ، ބޭނުން ކުރާ މީހުން މަދު ސޮފްޓްވެއާ އެއް ނަމަވެސް މިހާރު މި ސޮފްޓްވެއާ ބޭނުންކުރާ ތިރީސް މިލިއަނަށް ވުރެން ގިނަ މީހުން އެބަ ތިބި ކަމަށް ދިރާސާތަކުން ދައްކައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz