ގުރޫޕް ހަދައިގެން މަގުމަތީގައި ސައިކަލް ދުއްވަމުންދާ މައްސަލާގައި ފުލުހުން ފިޔަވަޅުއަޅަނީ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި ޓްރެފިކް ގާނޫނާއި ގަވާއިދާއި ޚިލާފަށް މާލޭގެ މަގުތަކުގައި ދުވާލާއި، ރޭގަނޑު ސައިކަލު ތަކުގައި ގުރޫޕް ހަދައިގެން ދުއްވަމުންދާ ފަރާތްތަކާއިމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނޭކަމުގައި މޯލްޑިވްސް ޕްލިސް ސަވިސްއިން ބުނެފިއެވެ.

މާލޭގެ އަމަން އަމާންކަން ގެއްލޭގޮތަށާއި، އާންމު ރައްޔިތުންނަށް ހިނގާ ބިނގާވެ އުޅެން އުނދަގޫވާނޭހެން ޓްރެފިކް ގަވާދުތަކާއި، ހިލާފަށް މިފަހަކަށް އައިސް ގުރޫޕް ހަދައިގެން މަގުމަތީގައި ދުއްވަމުންދާ މައްސަލާގައި ފުލުހުން ނެރެފައިވާ ބަޔާނެއްގައިވަނީ އެއްގަމުގެ ދަތުރުފަތުރުގެ ގާނޫނާއި އެއްގޮޮތްވާ ގޮތުގެ މަތީން އެފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅަމުންދާނޭކަމަށެވެ. އަދި ރަމަޟާން މަހުގެ ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައިވެސް އާންމު ރައްޔިތުންނަށާއި، އާންމު ބޭނުންތަކަށް ދަތުރުފަތުރުކުރާ ފަރާތްތަކަށް އުނދަގޫވާނޭހެން އެފަދަ ފަރާތްތަކުގެ އަމަލުތައް ހުރުމުން، މިކަމުގައި އާންމު ގިނަ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާއި ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ތަކުރާރުކޮށް ފުލުހުންގެ އިދާރާއަށް ލިބެމުންދާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ފަހަކަށް އައިސް އެމްޑީޕީން ހަވީރު ގަޑީގައާއި، ރޭގަނޑުގެ ވަގުތުތަކުގައި ސައިކަލުތަކުގައި ގުރޫޕްހަދައިގެން އަޑުގަދަކޮށް، ބަރުގޮނު އަޅައި ބާރު ސްޕީޑްގައި ދުއްވަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މިގޮތަށް ވަކި ގުރޫޕަކުން މާލޭގެ މަގުތަކަށް ނުކުމެ އަމަލުކުރުމުން މިކަމުގެ ދަތިކަން އެހެން އާންމު ރައްޔިތުންނަށާއި، އާންމު ފަރާތްތަކަށް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މިކަމުގެ ސަބަބުން ގިނަ މަގުތަކެއްގައި ޓްރެފިކް ބާރުބޮޑުވެ މަގުތަކުގެ އާންމު މަސްލަހަތު ގެއްލެމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުލުހުންނާ ސިފައިންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލުމަށް ޕީޕީއެމް އިން ގޮވާލައިފި.

ފުލުހުންނާ ސިފައިންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލުމަށް ޕީޕީއެމް އިން ގޮވާލައިފިއެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން އިސްވެތިބެ ހިންގާ ސިލްސިލާ ކަންތައްތަކުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz