ގާނޫނީ ލަފާ ހޯދުމަށް 75 ހާސް ޕައުންޑް ހޭދަކުރުމަކީ މައްސަލައެއް ނޫންކަމަށް ޑރ.ޑީޑީ ވިދާޅުވެއްޖެ.

މުޅި ގައުމާއި ސަރުކާރު ދެމެހެއްޓުމަށްޓަކައި ގާނޫނީ ލަފާ ހޯދުމަށް ހަތްދިހަ ފަސްހާސް ޕައުންޑް ހޭދަކުރުމަކީ މައްސަލައެއް ނޫންކަމަށާއި އެޚަރަދުކުރި ފައިސާގެ ނަތީޖާ ރަނގަޅު ގޮތުގައި މިހާރު ފެންނަމުންދާކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

އިގިރޭސީ ވިލާތުގެ ކުރީގެ ބަންޑާރަނައިބް އަދި ސްކޮޓްލޭންޑްގެ ގާނޫނީ ވަކީލެއްގެ ފަރާތުން ގާނޫނީ ލަފާ ހޯދުމަށް ސަރުކާރުން ކޮށްފައިވާ ޚަރަދަކީ ބޭކާރު ޚަރަދުތަކެއް ކަމަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ ވަޒީރުކަން ކުރެއްވި ޑރ. އިބްރާހިމް ދީދީ ވިދާޅުވީ ރައީސް މައުމޫނާއި ޔާމީނުގެ މައްސަލަތަކެއް ބެލުމަށްކަމަށްބުނެ ގްރާޓް ތޯޓަން ކިޔާ ލޯފާމަކާއި ހަވާލުކޮށްގެން ނަޝީދުގެ ސަރުކާރުން ދިހަ މިލިއަން ޑޮލަރު ޚަރަދުކުރީ ބޭކާރު ގޮތުގައި ކަމަށާއި ވަހީދުގެ ސަރުކާރުން ކޮށްފައިވާ ޚަރަދުގެ ނަތީޖާ މިއަދު ފެނިފައިވާކަމަށެވެ. އެގޮތުން ބޭރުގެ ފަރާތްތަކުން މީގެކުރިން ސަރުކާރަށް ޕްރެޝަރުކުރި ގޮތަށް އެއްވެސް ފަރާތަކުން މިހާރު ޕްރެޝަރ ކުރަމުން ނުދާކަމަށާއި ކަމުގެ ހަގީގަތް މިހާރު ބޭރުގެ ފަރާތްތަކަށް ހާމަވެފައިވަކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ދިހަ މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ކުރި ކަންތަތަކުގެ އެއްވެސް ނަތީޖާއެއް ލިބިފައި ނުވާއިރު މިހާތަނަށް އެކަމުގެ ރިޕޯޓެއްހާ މިންވަރުވެސް އެކުލަވާލެވިފައިނެތް ކަމަށެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ދިވެހިންގެ ވައިގެ ބަނދަރު ޖީއެމްއާރަށް ދިން މައްސަލައާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ މިކަމަކީ ސީދާ ވަކިބަޔަކަށް މަންފާ ލިބޭގޮތަށް އޭރުގެ ސަރުކާރުން ކޮށްފައިވާކަމެއްކަމަށާއި އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ބުނިގޮތަށް އެއާޕޯޓް ނުދިންނަމަ މިއަދު ތަހަމަލްކުރަންޖެހޭ އެތައްކަމެއް ތަހައްމަލު ކުރަން ނުޖެހުނީސްކަމަށެވެ.

މައުލޫމާތު : ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz