ގައުމު ބިނާ ކުރުމުގައި އެންމެން ގުޅިގެން ކުރިއަށް ދިއުމަށް ނާއިބްރައީސް ގޮވާލައްވައިފި

މި ޤައުމު ބިނާކުރުމުގައި އެންމެން އެކީ އަތުގުޅާލައިގެން ކުރިއަށް ދިއުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުޙަންމަދު ވަޙީދުއްދީން ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ސާކް ހޯމް މިނިސްޓަރުންގެ 5 ވަނަ ބައްދަލުވުން އިފްތިތާޙްކުރުމަށް އިއްޔެ ބަނޑޮސް އައިލެންޑް ރިޒޯޓްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން އެންމެން ނިސްބަތްވަނީ އެއް ޢާއިލާއަކަށް ކަމަށާއި، ސިޔާސީ ޕާޓީތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދުނަދީގެން ނުވާނެކަމުގައި ވިދާޅުވިއެވެ.

ސާކް ގެ ސަބަބުން ސާކް ޤައުމުތަކަށް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަންނަމުންދާ ހެޔޮ ބަދަލުތަކުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވައިލައްވަމުން، އެއްޤައުމަކުން އަނެއް ޤައުމެއްގެ މިނިވަންކަމާއި، ޘަޤާފަތްތައް ބަލައިގަނެ، އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ސާކް ޤައުމުތަކުން ސާކްގެ އެހެން ޤައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަކަމަށާއި، މިކަމުގެ ސަބަބުން ސާކް ޤައުމުތަކުގެ މެދުގައި ވަރަށް ބޮޑު އިތުބާރެއް ޤާއިމްވެފައި އޮންނަކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

 ނައިބު ރައީސް ވިދާޅުވި ގޮތުގައި، ހުރިހާ ޤައުމެއްވެސް ކުރިއަރައި، އަޅުގަނޑުމެން މި އެދޭ ތަރައްޤީ ހޯދޭނީ، އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން، އިންސާނީ ތަރައްޤީއަށްޓަކައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެންނެވެ.

 މިބައްދަލުވުގެ ބައިވެރިންނަށް މަރުހަބާ ދަންވައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ހޯމް މިނިސްޓަރ ޑރ. މުހަންމަދު ޖަމީލް އަހުމަދު ސާކް ގައުމުތަކުގައި ހުރި ސަލާމަތީ ކަންތަތަކާއި ޑްރަގް ޓްރެފިކިންގނާއި ކަނޑު ފޭރުމާއި ހިއުމަން ތްރެފިކިންގގެ މައްސަލަތައް ހައްލު ކުރުމަށް ގައުމުތަކަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. ސާކްގެ ތެރޭގައި ކުރަން ނިންމާފައިވާ އެތައް ކަމެއް ކުރިއަށް ނުގޮސް އެބަހުރިކަން ފާހަގަ ކުރައްވައި މިކަންކަން ހަގީގަތަކަށް ހެދުމަށް ސާކުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ޖަމީލް ފާހަގަ ކުރެއްވިއެވެ.

ސޯސް: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޤުރުއާން މުދައްރިސުން ހަމަކުރަނީ

14 ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ގުރުއާން މުދައްރިސުން ހަމަޖައްސައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލް އަހުމަދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz